ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!

ރާއްޖެ މޮޅުވެގެން މެޗު ނިމިއްޖެ.

ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!

އިންޑިއާ އިން ލަނޑެއް ޖަހައިފި.

ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!

ހަމްޒާގެ ބަދަލުގައި މުހައްމަދު އާރިފް (ބަކާ) އަރުވައިފި.

ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!

ކައުންޓާ އެޓޭކެއްގައި ރާއްޖޭން ވަރަށް ނުރައްކާކުރި. އޭރިއާ ރޮނގު މަތިން އަސަދުﷲ ހުހަށް ހުރެ ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް.

ރާއްޖޭން ދާދުގެ ބަދަލުގައި އަސަދުﷲ އަބްދުﷲ ކުޅެން އަރުވައިފި.

އިންޑިއާ އިން ނެގި ކޯނަރެއް އޭރިއާ ތެރެއަށް ނުރައްކާތެރި ގޮތަކަށް ހުރަސްވި ނަމަވެސް އެއްވެސް ކުޅުންތެރިޔެއްގެ ބޮލުގައި ލައްވާނުލި.

ކައުންޓާ އެޓޭކެއްގައި މި ގޯލް ޖެހީ ސެންޓޭ. ހަމްޕު ދިން ބޯޅަ އަށް މުޅިން ހުހަށް އަރައި ސެންޓޭ މި ގޯލް ޖެހީ ކުރިއަށް އެރި އިންޑިއާ ކީޕަރަށް އެއްވެސް ފުރުސަތު ނުދީ.

ރާއްޖޭން ދެ ވަނަ ލަނޑު ޖަހައިފި.

ދެ ވަނަ ހާފުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަނީ ސެންޓޭ. އަކްރަމް ބޭލުމުން ފުރަތަމަ ބޭންޑް އެޅީ ހަމްޕު.

އިންޑިއާގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ މަންވީރު ސިންގް ހުސްކޮށް އަރައި ޖެހުމުން ދިޔައީ ގޯލް މަތިން. މެޗުގައި އިންޑިއާ އަށް ލިބުނު އެންމެ ހުސް ފުރުސަތު.

ދެ ވަނަ ހާފު ފަށައިފި.

ފުރަތަމަ ހާފު ނިމިއްޖެ.

އޭރިއާގެ އަރިމަތިން ރާއްޖެ އަށް ނުރައްކާތެރި ހިސާބަކުން ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލުމުން ދިޔައީ ގޯލް މަތިން.

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅެނިކޮށް ވެސް އަނިޔާގެ މައްސަލައެއް ދިމާވި އަކްރަމް މި މުބާރާތް ކުޅެމުން އައީ ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރެ.

ރާއްޖޭން ކެޕްޓަން އަކްރަމަށް އަނިޔާވެ އިތުރަށް ކުޅެވޭ ގޮތް ނުވުމުން އޭނާ ބާލައިފައި. ބަދަލުގައި އެރީ އަހުމަދު ނޫމާން. އަކްރަމްގެ ބަދަލުގައި ކެޕްޓަން ބޭންޑް އެޅީ ހަމްޕު.

ރާއްޖޭގެ ލީޑާ އެކު ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުމުން އިންޑިއާ އަށް ކުޅެން ޖާގަ ވަނީ ލިބެން ފަށާފައި. އެ ޓީމުން މަސައްކަތްކުރަމުން އަންނަނީ އަރިމަތިން އެޓޭކްކުރަން.

އިންޑިއާގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް އެއްލި ބޯޅަ ރާއްޖޭގެ އަކްރަމް އަށް ރަނގަޅަށް ދިފާއުނުކުރެވުނީ އިންޑިއާ ކުޅުންތެރިޔަކަށް. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށް.

އިންޑިއާގެ އާޝިގީ އަނެއްކާ ވެސް ނުރައްކާތެރި ހުރަހެއްކޮށްފި. އެ ބޯޅަ ގޯލް ކުރިމަތިން ފާރޫގް ޖެހި ނަމަވެސް ރާއްޖޭގެ އަކްރަމް ވަނީ ބްލޮކްކޮށްފައި.

ސެންޓޭ ކުރިއަށް އަރައި އޭރިއާ ތެރެއަށް ފޯރުކޮށްދިން ބޯޅަ ހަމްޕު އަށް ލިބުމުގެ ކުރިން އިންޑިއާ ޑިފެންޑަރުން ބޭރުކޮށްލައިފި.

ރާއްޖެ އަށް މި ގޯލް ޖަހައިދިނީ ފޭދޫ އިއްބެ. ދާދު އިންޑިއާ ކުޅުންތެރިއެއް ކައިރިން ދެމި ގަނެ އިންޑިއާ ދެ ޑިފެންޑަރުންގެ މެދުން އޭރިއާ ތެރެއަށް ފޯރުކޮށްދިން ބޯޅަ ހޯދައި ފޭދޫ އިއްބެ ބޯޅަ ގޯލަށް ވައްދާލީ ވެއްޓިފައި އޮތް އިންޑިއާ ކީޕަރުގެ ބޯމަތިން ޖަހައި.

ރާއްޖޭން ލީޑު ނަގައިފި.

ކައުންޓާ އެޓޭކެއްގައި އިންޑިއާ އިން ކުރިއަށް އަރައި އެ ޓީމުގެ އާޝިގީ އަނެއްކާ ވެސް އޭރިއާ ތެރެއަށް ހުރަހެއްކޮށްފި. އެކަމަކު މި ފަހަރު ރާއްޖޭގެ ސަމުއްޓެ ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

އިންޑިއާގެ އާޝިގީ އަރިމަތިން ކުރިއަށް އަރައި ގޯލް ކުރިމައްޗަށް ނުރައްކާތެރި ހުރަހެއް ނަގައިފި. އެކަމަކު އެ ބޯޅަ އިންޑިއާ އެއްވެސް ކުޅުންތެރިޔެއްގެ ފައިގައި ލައްވާނުލި.

ފުރަތަމަ 10 މިނެޓުގެ ކުޅުން ނިމުނުއިރު ދެ ޓީމަށް އަދި ނުރައްކާތެރި ހަމަލައެއް ނުއުފެއްދޭ. އެކަމަކު ގިނަ ވަގުތު ބޯޅަ ގެންއުޅެމުން އަންނަނީ ރާއްޖޭން. އިންޑިއާ އަށް ކުޅެގަތުމުގެ ފުރުސަތެއް ރާއްޖޭން އަދި ނުދޭ.

ރާއްޖޭން މެޗު ފަށައިފި.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ލޯ މެޑަލް މެޗުގައި މި ސްޓޭޑިއަމުގައި އިންޑިއާ ބަލިކޮށްފައި.

ރާއްޖޭގެ ޓީމުގައި 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ދެ ކުޅުންތެރިން ހިމެނޭ. އެއީ ކެޕްޓަން އަކްރަމް އަދި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ). އެކަމަކު މި ދެ ކުޅުންތެރިން ވެސް އެ ފަހަރު އެއްވެސް މެޗެއްގައި ނުކުޅޭ.

"އެންމެނަށް ވެސް އެނގޭ ގްރޫޕް ސްޓޭޖްގައި އަހަރެމެން ދިޔައީ ބޭނުންވާ ގޮތަކަށް ނޫން ކަން. އެކަމަކު އެންމެ ފަހުން ބުރަކޮށް ކުރި މަސައްކަތުން އަހަރެމެން މިތިބީ ފައިނަލުގައި. މިއީ ނުވަ އަހަރު ތެރޭގައި އަހަރެމެން ކުޅޭނެ ފުރަތަމަ ފައިނަލް. އިންޝާﷲ މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު. އަހަރެމެން ގައުމަށް ޓަކައި އެންމެ ފަހު ވަގުތަށް މަސައްކަތްކުރާނަން،" ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ.

މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކިރިޔަކިރިޔާ ސަލާމަތްވި ނަމަވެސް ސެމީ ފައިނަލުގައި ވަނީ ނޭޕާލާ ދެކޮޅަށް މޮޅަށް ކުޅެ 3-0 އިން މޮޅުވެފައި. އެ މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ވަރުގަދަ ރޫހެއް.

ސެމީ ފައިނަލުން ނޭޕާލް އަތުން ރާއްޖެ މޮޅުވި މެޗުގައި ބޯކޮށް ވާރޭ ވެހި، ވިދާ ގުގުރައި ހޮނު އެޅުމުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނު. އެކަމަކު މިއަދު ޑާކާ އަށް މޫސުމް ވަރަށް ރަނގަޅު.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ބަންގުބަންދު ސްޓޭޑިއަމުގައި. ރާއްޖެ ވަނީ މި ސްޓޭޑިއަމުގައި މީގެ ކުރިން ދެ ފައިނަލަކުން ބަލިވެފައި. އެއީ 2003 ވަނަ އަހަރު ބަންގްލްދޭޝް އަތުން އަދި 2009 ގައި އިންޑިއާ އަތުން.

ރާއްޖޭގެ ފުރަތަމަ އެގާރަ: އަކްރަމް އަބްދުލްގަނީ (ކެޕްޓަން)، މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަލީ ސަމޫހު (ސަމުއްޓެ)، ހުސެއިން ސިފާއު ޔޫސުފް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒް (ދާދު)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހުސެއިން ނިހާން (ނިހާޓު)، މުހައްމަދު ސަމްދޫހު.

ކޯޗު ޕީޓާ ސެގާޓް މި މެޗަށް ނެރުނީ ސެމީ ފައިނަލުން ނޭޕާލް އަތުން 3-0 އިން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރަ.

ސާފް ސުޒުކީ ކަޕުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.