15 ސެޕްޓެމްބަރ 2018 - 10:23

ޕޮލިސް ޓޯޔާޑާ އިންވެގެން ހުންނަ، ދެ ބުރިއަށް ހަދާފައިވާ ހައުސިން މިނިސްޓްރީގެ ލޭބަ ކުއާޓާގައި ރޭ އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ލޭބަ ކުއާޓާގައި އަލިފާން ރޯވެގެން ރިޕޯޓްކުރީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން، ގާތްގަނޑަކަށް 40 މިނެޓުގެ ތެރޭގައި އަލިފާން ނިންވާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.
އަލިފާން ރޯވިއިރު، އެތަނުގެ ތެރޭގައި ބިދޭސީންތަކެއް ނިދާފައި ތިއްބެވެ. އެ ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާތީ އައިޖީއެމްއެޗުގައި ފަރުވާ ދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ފުލުހުންގެ ޓޯޔާޑަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ލޭބަ ކުއާޓާގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ. ފުހުން އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.