15 ސެޕްޓެމްބަރ 2018 - 07:18

އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕް ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، އެކްޓަރު ނީލް ނިތޭން މުކޭޝްގެ ކޮއްކޮ ނަމަން ނިތިން މުކޭޝްގެ ކޮއްކޮ ނަމަން ނިތިން މުކޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ވެސް އިއުލާންކޮށްފި އެވެ.
އޭނާ ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމުގެ ނަމަކީ "ބައިޕާސް ރޯޑް" އެވެ.
މީގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މިރާޖް ގްރޫޕާ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ނީލް ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގައި، އޭނާގެ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ. ނީލް އާއި ކޮއްކޮގެ ފިލްމު ކުންފުނީގެ ނަމަކީ އެންއެންއެމް ފިލްމްސް އެވެ،
"ބައިޕާސް ރޯޑް" ގެ ލީޑް ރޯލުން ފެނިގެން ދާނީީ ނީލް އާއި އަދާ ޝަރްމާ އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
"ޝޯޓްކަޓް ރޯމިއޯ" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްމްތައް ކުޅެފައިވާ ނީލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 21 ގައި ރިލީޒް ކުރާ "އިޝްގެރިއާ" އެވެ.
"ބައިޕާސް ރޯޑް" ގެ ބަތަލާ އަދާގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ރިލީޒް ކުރި ވިދުޔަތު ޖަމްވަލް ބަތަލުގެ ރޯލް ކުޅުނު "ކޮމާންޑޯ 2" އެވެ.