13 ސެޕްޓެމްބަރ 2018 - 13:23

"ސަނީ" ބްރޭންޑްގެ ހެވީ ވެހިކަލާއި އިކުއިޕްމަންޓާ ބެހޭ މައުލޫމާތު ދިނުމަށް އިލާ މޯލްޑިވްސް އިން ސެމިނާއެއް މިއަދު ބާއްވައިފި އެވެ.

އިލާ މޯލްޑިވްސް އަކީ "ސަނީ" ބްރޭންޑްގެ އިކްއިޕްމަންޓް ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏެވެ.
އެ ކުންފުނިން ވަނީ ސަނީ ބްރޭންޑްގެ ޓަވަ ކްރޭނާއި އެކްސްކަވޭޓަރު އަދި ފޯކްލިފްޓް ފަދަ ހެވީ ވެހިކަލްތަކާ ބެހޭ މައުލޫމާތާއި އެތަކެތި ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށް މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ސެމިނާއެއް ބާއްވައިފަ އެވެ. މި ސެމިނާގައި މައުލޫމާތު ދިނީ ސަނީ ކުންފުނީގެ އިންޑިއާ ބްރާންޗުން އައި ތަޖުރިބާކާރުންނެވެ.
"މިއަދު ބޭއްވި ސެމިނާއަކީ ވަރަށް ކާމިޔާބު ސެމިނާއެއް. ކުރިމަގުގައި ވެސް ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށް މިފަދަ އިތުރު ބައްދަލުވުންތައް ބާއްވާނަން،" އިލާ މޯލްޑިވްސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ ސެމިނާގައި ރާއްޖެ އާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ 30 ކުންފުންޏަކުން ބައިވެރިވި އެވެ.
އިލާ މޯލްޑިވްސް އިން 2017 ވަނަ އަހަރުން ފެށިގެން އޮތޮރައިޒް ޑީލަރުކަން ކުރަމުން އަންނަ ސަނީ ބްރޭންޑަކީ ހެވީ އިކުއިޕްމަންޓް އުފެއްދުމުގައި ޗައިނާގެ ވަރަށް މަޝްހޫރު ބްރޭންޑެކެވެ.