07 އޯގަސްޓް 2016 - 21:27

ތ. ވިލުފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި މިރޭ ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ވިލުފުށީ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި މިރޭ ނުވައެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ޖަގަހައިގައި ހުރި ތަކެތި އެއްކޮށް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޖަގަހައާ އިންވެގެން ނޫނީ އެތަނުގެ ކައިރީގައި ގެތަކެއް ނުހުންނާނެ. އެހެންވެ އެހެން ގެއްލުމެއް ނުވޭ،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
ރަށުގެ އިރު އުތުރު ފަރާތުން ބޮޑުމަގަށް ވާ ގޮތަށް ހުންނަ ޖަގަހައިގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.