އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ
އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ

އެޕަލް އިން އަލަށް ބާޒާރަށް ނެރޭ ތިން ފޯނު އިއްޔެ ވަނީ ދައްކާލައިފަ އެވެ. އެކަމަކު މި އާ އުފެއްދުންތައް އަންނަނަނީ އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްގެ އިތުރުން އައިފޯން 6 އެސް އާއި އެސްއީ އުފެއްދުން ހުއްޓާލުމަށް ފަހުގަ އެވެ.

އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ
އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ

އެޕަލް އިން ރޭ އިއުލާނުކުރީ 1،099 ޑޮލަރަށް ވިއްކާ އައިފޯން އެކްސްއެސް މެކްސް އާއި 999 ޑޮލަރަށް ވިއްކާ އައިފޯން އެކްސްއެސް އާއި 749 ޑޮލަރަށް ވިއްކާ އައިފޯން އެކްސްއާރް އެވެ. މި އުފެއްދުންތައް އިއުލާނުކުރުމާ އެކު އެޕަލްގެ ވެބްސައިޓުން އައިފޯން އެސްއީ އާއި 6 އެސް ވަނީ ނަގައިފަ އެވެ. އަދި ރޭގެ އިވެންޓްގައި ފޯނުތަކުގެ އަގުތައް ދައްކާލި އިރު، އެކްސް އާއި 6 އެސް އާއި އެސްއީގެ އަގެއް ވެސް ނުދައްކަ އެވެ.

އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ
އާ ފޯނުތަކެއް ދައްކާލައި އެޕަލް އިން އައިފޯން އެކްސް ހުއްޓާލަނީ

އައިފޯން އެކްސް ހުއްޓާލާފައި މި ވަނީ އޭގެ ވިޔަފާރި ވަރަށް ދަށް ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް، ވިދާޅުވެފައިވާ ގޮތުގައި ލަފާކުރި ވަރަށް ވުރެ ވެސް ރަނގަޅަށް އައިފޯން އެކްސް ވިކިފިފައިވެ އެވެ.

ކުރީގެ ތިން ފޯނެއް ހުއްޓާލި ނަމަވެސް، އޭގެ މާނައަކީ އެ ފޯނުތައް ދެން ގަންނަން ނުލިބުމެއް ނޫނެވެ. އެޕަލް އިން އެ ފޯނުތައް އުފެއްދުން ހުއްޓާލި ނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެ ވިއްކުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލް އިން އާ ތިން ފޯނާ އެކު އެޕަލް ވޮޗް ސީރީޒް 4 ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިފަހަރު ގަޑިއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން އީސީޖީ ބެލޭނެ ގޮތާއި ހިތުގެ ހިނގުން މޮނިޓަކުރާ ފީޗާ އަށް އިތުރު ކުރިއެރުންތައް ގެނެސްފައިވެ އެވެ. އެޕަލް ވޮޗްގެ ވެސް ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. އެޕަލް ވޮޗް ސީރީޒް 4ގެ ޖީޕީއެސް ވާޝަން 399 ޑޮލަރަށް، ސެލިއުލާ ވާޝަން 499 ޑޮލަރަށް އަދި ސީރީޒް 3 279 ޑޮލަރަށް ލިބޭނެ އެވެ. މި ގަޑިތަކަށް ހުކުރު ދުވަހުން ފެށިގެން އޯޑަރު ދެވޭނެ އެވެ. ވިއްކަން ފަށާނީ މި މަހު 21 އިން ފެށިގެންނެވެ.

އާ ފޯނުތަކެ ތެރެއިން އެކްސްއެސް މެކްސް އަކީ މިހާތަނަށް އުފެއްދި، ސްކްރީން ސައިޒު އެންމެ ބޮޑު ފޯނެވެ. އޭގެ ސްކްރީންގައި 6.5 އިންޗި ހުރެ އެވެ. އަދި ދެ ސިމް ލެއްވޭނެ އެވެ.

އެޕަލް އިން ބުނި ގޮތުގައި މި ފޯނުތަކުގައި ކެމެރާގެ ފެންވަރު ވާނީ ކުރީގެ ފޯނުތަކަށް ވުރެ ރަނގަޅުކޮށްފަ އެވެ. އެގޮތުން ޕޯޓްރެއިޓް ފޮޓޯ އަށް ޚާއްސަވާނެ ކަމަށް ބުންޏެވެ. މިފަހަރު ނެރޭ އެކްސްއާރް ހަ ކުލަޔަކުން ލިބޭނެ އެވެ. އައިފޯން އެކްސްއާ ވައްތަރު މި ފޯނު ހުދު، ކަޅު، ނޫ، ރީނދޫ، އޮރެންޖް އަދި ރަތް ކުލައިން ލިބޭނެ އެވެ.

އައިފޯން އެކްސްއެސް އާއި އެކްސްއެސް މެކްސް އަށް މި މަހު 14 އިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ އެވެ. އަދި މި މަހު 21 ގައި ވިއްކަން ފަށާނެ އެވެ. އެކްސްއާރް ޕްރީއޯޑާ އަށް ހުޅުވާލާނީ އަންނަ މަހުގެ 19 ގަ އެވެ. ވިއްކަން ފަށާނީ އަންނަ މަހު 26 ގަ އެވެ.