އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

ސީއޯއޯގެ ވާހަކަކޮޅަކާ އެކު އިވެންޓް ނިންމާލައިފި

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އައިފޯން 10 އެސް 64، 256 އަދި 512 ޖީބީން ލިބޭނެ. މި މަހުގެ 28 ގައި ވިއްކަން ފަށާނެ

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އައިއޯއެސް 12 މަހު 17 ގައި ނެރޭނެ. އައިފޯން 10 އާރް އަށް ޕްރިއޯޑާ ކުރެވޭނީ އޮކްޓޫބަރު 19 އިން ފެށިގެން.

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އައިފޯން 10 އާރް 749 ޑޮލަރަށް، 10 އެސް 999 ޑޮލަރަށް އަދި 10 އެސް މެކްސް 1099 ޑޮލަރަށް

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އައިފޯން 8 ޕްލަސް އަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް މި ފޯނުތަކުގައި ބެޓެރީ ހިފަހައްޓާނެ

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

މީގެ ފޯނު ހުދު، ކަޅު، ނޫ، ކޮލަރް، ރީނދޫ ކުލައިން ލިބޭނެ

އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އިން ފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

މި ފޯނުގެ ސައިޒު ކުޑަޔަސް އައިފޯން 8 ޕްލަސްއާ އެއްވަރުގެ ސްކްރީނެއް އިންނާނެ

މިއީ 6.1 އިންޗީގެ ސްކްރީނެއް ހިމެނޭ ފޯނެއް. މި ފޯނުގައި ހިމަނާފައި ވަނީ ލިކުއިޑް ރެޓިނާ ޑިސްޕްލޭއެއް.

.އައިފޯނުގެ ތިން ވަނަ މޮޑެލް އެއް ވެސް ދައްކާލައިފި. މީގައި ގިނަ ކުލަތަކެއް ހިމެނޭ، މިއީ އައިފޯން 10 އާރް.

ދެ ސިމް ބޭނުންކުރެވޭނީ އީ-ސިމް ބޭނުންކުރެވޭ ގައުމުތަކުގައި. އެކަމަކު ޗައިނާ އަށް ހާއްސަކޮށް ނެރޭ ފޯނުގައި އާދައިގެ ދެ ސިމް ލެއްވޭނެ

އަލަށް ނެރުނު ފޯނުގައި ދެ ސިމް ބޭނުންކުރެވޭނެ. އެއީ އާދައިގެ ސިމަކާއި އީ-ސިމްއަކާ އެކު

އާ ފޯނުގައި ޕޯޓްރެއިޓް ފޮޓޯ އާދަޔާ ޚިލާފަށް ރީތިވާނެ ކަމަށް ބުނޭ. ފޮޓޯ ނެގުމަށް ފަހު ވެސް ޑެޕްތު އޮފް ފީލްޑަށް ބަދަލު ގެނެވޭނެ. މިއީ އައިފޯނުގައި ނޫނީ މި ފެންވަރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނޭ. އެކަމަކު މިއީ އެހެން ބައެއް ފޯނުތަކުގައި ކުރިން ތައާރަފްކޮށްފައިވާ ފީޗާއެއް. އެހެންވެ، އިވެންޓަށް ގޮސް ތިބި ބައެއް މީހުން "ނޯ" އޭ ގޮވި

އެޕަލްގެ އާ ފޯނުތަކުގައި ވަނީ ކެމެރާ އާއި ޗިޕްތައް ވަރުގަދަކޮށްފައި.

އައިފޯން އެކްސްއެސްގެ 512 ޖީބީގެ ފޯނުގައި 200،000 ފޮޓޯ ސޭވްކުރެވޭނެ

ކުރިން ވެސް ލަފާކުރި ގޮތަށް 512 ޖީބީގެ ފޯނެއް ވަނީ ނެރެފައި.

އައިފޯން 10އެސް ދެ ސައިޒަކުން ލިބޭނެ. އެގޮތުން 6.5 އިންޗިގެ ސްކްރީނެއް ހިމެނޭ.

ތައާރަފްކުރީ އައިފޯން 10އެސް

ޓިމް ކުކް: އައިފޯނަކީ އެއް ނަންބަރު ފޯނު. ކަސްޓަމަ ސެޓިސްފެކްޝަނަކީ 98 ޕަސެންޓް

އާ އައިފޯން ތައާރަފްކުރަނީ

އެޕަލް ވޮޗް ސީރީޒް 4ގެ ޖީޕީއެސް ވާޝަން 399 ޑޮލަރަށް، ސެލިއުލާ ވާޝަން 499 ޑޮލަރަށް އަދި ސީރީޒް 3 279 ޑޮލަރަށް މިހާރު ލިބޭނެ. މި ގަޑިތަކަށް ހުކުރު ދުވަހުން ފެށިގެން އޯޑަރު ދެވޭނެ. ވިއްކަން ފަށާނީ މި މަހު 21 އިން ފެށިގެން

އީސީޖީ ފީޗާ އަށް އެމެރިކާގެ އެފްޑީއޭ އިން ވަނީ ހުއްދަ ދީފައި.

މިއީ އީސީޖީ ވެސް ބެލޭ ގޮތަށް ހަދާފައިވާ ގަޑިއެއް. އަދި ހިތުގެ ހިނގުމާ ގުޅޭ މުހިންމު އެހެން މައުލޫމާތުތައް ވެސް ކުރިއަށް ވުރެ ރަނގަޅަށް މިހާރު ބެލޭނެ.

މި ގަޑި ހަދާފައި ވަނީ، އެ އަޅައިގެން ހުންނަ މީހާ ތަނަކުން އަރި އަޅާލައިގެން ވެއްޓިދާނެކަން ވެސް ލަފާކޮށް، އެކަމުގެ އިންޒާރު ދޭ ގޮތަށް. ވެއްޓިއްޖެ ނަމަ ގަޑިން އަމިއްލަ އަށް އިމަޖެންސީ މެސެޖެއް ވެސް އިމަޖެންސީ ކޮންޓެކްޓްތަކަށް ފޮނުވާލެވޭނެ

އާ ފީޗާތައް ވެސް ސީރީޒް 4 އަށް ވަނީ ގެނެސްފައި. ސްކްރީނަށް ފޯނުގެ ކޮންޓެންޓްގެ ފޮޓޯ ގެނެސް، އެ ފޮޓޯ އަށް ފިތާލައިގެން ފޯން ކޮށްލެވޭނެ. ގަޑީގެ ސްޕީކަރާއި މައިކް ވެސް ވަނީ ވަރުގަދަކޮށްފައި .

މި ގަޑީގެ ޑިޒައިނާއި އިންޖިނިއަރިން ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. ސްކްރީން ވަނީ މިހާރު ގެންގުޅޭ ގަޑިއަށް ވުރެ 35 ޕަސެންޓް ބޮޑުކޮށްފައި. ޔޫއައި ވަނީ އެއްކޮށް ބަދަލުކޮށްފައި.

އެޕަލް ވޮޗް ސީރީޒް 4 ތައާރަފްކޮށްފި

އެންމެ ފުރަތަމަ ތައާރަފްކުރަނީ އެޕަލް ވޮޗް

އެޕަލްގެ ސީއީއޯ ޓިމް ކުކް ސްޓޭޖަށް ވަޑައިގެން އިވެންޓް ފައްޓަވައިދެއްވައިފި

ކުޑަ އިރުކޮޅެއްގެ ތެރޭގައި އިވެންޓް ފަށާނެ. އެޕަލް ވެބްސައިޓުން މި އިވެންޓް ސްޓްރީމް ކުރާނެ

އެޕަލްގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ 2.12 މިލިއަން މީހުން ތިބި ނަމަވެސް އެޕަލްގެ އެކައުންޓުން މިހާތަނަށް އަދި ޓްވީޓެއް ނުކުރޭ؛ އެކަމަކު މިއަދުުގެ އިވެންޓްގައި އެޕަލް އިން ފުރަތަމަ ފަހަރަށް ޓްވީޓްކޮށް، އިވެންޓް ލައިވްކުރާނެ

މިއީ ލީކުވެފައިވާ ކަމަށް ބުނާ ފޮޓޯ އާއި މައުލޫމާތުތަކަށް ބިނާކޮށް ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތައް

މިއަދުގެ ރިޕޯޓްތަކަށް ބަލާއިރު އަލަށް ނެރޭ ފޯނެއްގައި 512 ޖީބީގެ ސްޓޮރޭޖް ހިމެނޭ. އެއީ އެކްސްއެސް (5.8 އިންޗި، އޯލެޑް ސްކްރީން) އަދި އެކްއެސް މެކްސް (6.5 އިންޗި، އޯލެޑް ސްކްރީން). އައިފޯން އެކްސްއާރްގެ ނަމުގައި ވެސް ފޯނެއް ނެރޭނެ. އޭގެ ފޯނު ހަ ކުލަޔަކުން ލިބެން ހުންނާނެ ކަމަށްވޭ. މިއީ ސްކްރީންގައި 6.1 އިންޗި ހުންނަ ފޯނެއް ކަމަށްވޭ.

އެޕަލްގެ އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓްގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ އައިފޯނަށެވެ. އެހެންވެ، މި ހަފުލާ ފެށުމުގެ ކުރިން ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވިފައި ވަނީ އައިފޯނަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯން އެކްސްގައި ހުރި ފާހަގަކޮށްލެވޭ ބައެއް ފީޗާތަކަށް، އާ ފޯނުގައި ބަދަލުތަކެއް ގެންނާނެ އެވެ. އެގޮތުން ފޯނުގެ ފިޒިކަލް ހޯމް ބަޓަނާއި ފިންގަޕްރިންޓް ސެންސަރު ނަގައި އެއިން ކުރެވޭ ބޭނުންތައް، "ސްވައިޕް" ކޮށްގެންނާއި "ފޭސް ޑިޓެކްޓިން" ޓެކްނޮލޮޖީން ކުރެވޭ ގޮތް ހަދާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯންގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. އެއީ އަގު ބޮޑު ދެ ވައްތަރަކާއި އަގު ހެޔޮ އެއްޗެކެވެ. އަގު ހެޔޮ ފޯނަކީ، ކުރީގެ މޮޑެލްތަކަށް އައިފޯން އެކްސްގެ ފީޗާތައް ގެނެސްގެން ހަދާ ފޯނެއް ކަމަށް ބުނެވެ އެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ކަށަވަރެއް ނޫނެވެ.

ދިރާސާކުރާ މީހުން ބުނަނީ މި ބަދަލުތަކާ އެކު އަނެއްކާވެސް އައިފޯނުގެ އަގު ބޮޑުވާނެ ކަމަށެވެ.

ފޯނުގެ އިތުރުން އެޕަލް ވޮޗްގެ މުޅިން އާ މޮޑެލްއެއް ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ. އަދި އެއާޕޮޑްގެ ފަހުގެ މޮޑެލްއަކާއި އާ އޮޕަރޭޓިން ސިސްޓަމް ވެސް ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ، ކަޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ސެންޓަރުގައި ރާއްޖޭ ގަޑިން މިރޭ 10:00 ގައި ފަށާ އިވެންޓް "މިހާރު" ގައި ގެނެސްދޭނަމެވެ.