ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް
ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް

ރާއްޖެ 3-0 އިން މޮޅުވެގެން މެޗު ނިމިއްޖެ. މި ނަތީޖާއާ އެކު ރާއްޖެ ވަނީ ފައިނަލަށް ދަތުރުކޮށްފައި.

ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް
ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް

އަސަދުﷲ ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ޑިފެންޑަރު ކައިރިން ނައްޓާލަން އުޅުމުން އޭނާ ވެއްޓުނީ. އެ ބޯޅަ ދެން ލިބުނީ އިއްބެ ވަހީދަށް. އޭނާ މަޑުމަޑުން އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި.

ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް
ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް

ރާއްޖޭން ތިން ވަނަ ގޯލް ޖަހައިފި. މި ލަނޑު ވެސް ޖެހީ އިއްބެ ވަހީދު.

އޭރިއާ ތެރެއިން އަސަދުﷲ ބޯޅަ ހޯދައި ގޯލަށް ޖެހި ބޯޅަ ނޭޕާލް ކުޅުންތެރިޔަކު ބްލޮކްކޮށްލުމުން ލިބުނީ އޭރިއާ ރޮނގު މަތީ ހުރި އިއްބެ ވަހީދަށް. އޭނާ ވަނީ އެއް ފަހަރުން ޖަހައި ބޯޅަ ގޯލަށް ވައްދާލައިފައި.

ރާއްޖޭން ދެ ވަނަ ލަނޑު ޖަހައިފި.

ރާއްޖޭން ފޭފޫ އިއްބެގެ ބަދަލުގައި އަސަދުﷲ އަބްދުﷲ އަރުވައިފި.

ރާއްޖެ އަށް ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެއްޖެ. ހަމްޕު އަރިމަތިން ނެގި ހުރަސް އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ފޭދޫ އިއްބެ ގޯލަށް ޖަހަން މަސައްކަތްކުރި ނަމަވެސް މާ ބާރަށް ޖައްސާލެވުމުން ދިޔައީ ބޭރަށް.

ނޭޕާލުގެ ބިމާލް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ރާއްޖޭގެ ކީޕަރު ފައިސަލް މަތަކޮށްފި.

ރާއްޖޭން ނިހާންގެ ބަދަލުގައި އިރުފާން އަރުވައިފި.

ރާއްޖޭގެ ދާދު އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެއްޖެ. ފޭދޫ އިއްބެ ދިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ނޭޕާލް ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ޖެހި ބޯޅަ ދިފާއުކުރީ ނޭޕާލް ކީޕަރު. މުޅި މެޗުގައި ވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތު.

ދެ ވަނަ ހާފު ފަށައިފި.

ރާއްޖެ 1-0 އިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިމިއްޖެ.

ނޭޕާލުން އަންނަނީ ފުލުފުލުގައި ހަމަލާތައް ފޮނުވަމުން. ރާއްޖޭގެ ކުޅުންތެރިން އަންނަނީ ޑިފެންސްކުރުމުގައި ބުރަކޮށް މަސައްކަތްކުރަމުން.

ނޭޕާލް ކުޅުންތެރިން ރާއްޖޭގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރާއްޖޭގެ ސިފާހު ބޭރުކޮށްލައިފި. އެހެން ނޫން ނަމަ އެ ބޯޅަ ލިބުނީހީ ގޯލް ކުރިމަތީ ހުހަށް ހުރި ނޭޕާލް ކުޅުންތެރިޔާ އަށް.

ދަނޑުގައި ފެންހެދި، ޗަކަ ވެފައި އޮތުމުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫތަކެއް އަންނަނީ ކުރިމަތިވަމުން.

މެޗު އަލުން ފަށައިގެން ނޭޕާލުން އަންނަނީ ވަރަށް ބޮޑަށް އެޓޭކްކުރަން.

މެޗު ފަށައިފި.

މެޗު ފެށުމަށް ދެ ޓީމުގެ ކުޅުންތެރިން މިހާރު އަންނަނީ ވޯމްއަޕްކުރަމުން.

މެޗު އަލުން ފެށުމަށްޓަކައި އޮފިޝަލުން ދަނޑަށް ނުކުމެއް. 10 މިނެޓު ތެރޭ ފަށާނެ.

ވަރަށް ގަދަޔަށް ގުގުރާތީ މެޗު ވަގުތީ ގޮތުން މެދުކަނޑާލައިފި.

އަކްރަމް ގޯލަށް ފޮނުވާލި ހިލޭ ޖެހުން ނޭޕާލް ކީޕަރު މަތަކޮށްފި. ވަރަށް ނުރައްކާތެރި ބޯޅައެއް.

އޭރިއާ ތެރެއިން ރާއްޖޭގެ އެޓޭކަށް ހުއްޓުވަން ނޭޕާލް ކުޅުންތެރިން ކުރި މަސައްކަތުގައި ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް އަމާޒެއް ނުކުރެވުނު.

ނޭޕާލަށް ނުރައްކާތެރި ހިސާބަކުން ލިބުނު ހިލޭ ޖެހުން ރާއްޖޭގެ ގޯލްކުރިމައްޗަށް ހުރަސްކުރި ނަމަވެސް އެއްވެސް ކުޅުންތެރިޔެއްގެ ބޮލުގައި ލައްވާނުލި.

ނޭޕާލުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފި. އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ސަލާމަތްކޮށްފައި.

މެޗު ކުޅެމުން އަންނަނީ ބޯވާރޭގެ ތެރޭގައި.

ރާއްޖެ އަށް ގޯލް ޖަހައިދިނީ ހިލޭ ޖެހުމަކުން ކެޕްޓަން އަކްރަމް.

ރާއްޖޭން ލަނޑު ޖަހައިފި.

މެޗު ފަށައިފި.

ނޭޕާލުގެ ގޯލްކީޕަރު ކިރަން ޝެމްސޮން އަކީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު.

މި މެޗުގެ ފުރަތަމަ އެގާރައަށް ކޯޗު ޕީޓާ ސެގާޓް ވަނީ ބަދަލުތަކެއް ގެނެސްފައި. އެގޮތުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ގެ ބަދަލުގައި މެދަށް ކުޅުވަނީ ހުސެއިން ނިހާނާއި ހަމްޒާ މުހައްމަދު (ހަމްޕު). ފުލްބެކް މުޖުތާޒް މުހައްމަދު (މުޖޭ) އަށް އަނިޔާވެފައިވާތީ ބަދަލުގައި ސަމްދޫހު މުހައްމަދު ވަނީ އަރުވާފައި.

ރާއްޖޭގެ ފުރަތަމަ އެގާރަ: މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކްރަމް އަބްދުލްގަނީ (ކެޕްޓަން)، ސަމޫހު އަލީ (ސަމުއްޓެ)، ސަމްދޫހު މުހައްމަދު، ހުސެއިން ސިފާހު ޔޫސުފް، ހުސެއިން ނިހާން، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު).

ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.