ސްރީ ލަންކަން އިން ދިން ނަޓް ޖަނަވާރުން ވެސް ކާން އެކަށީގެން ނުވާނެ: ސިރިސޭނާ
ސްރީ ލަންކަން އިން ދިން ނަޓް ޖަނަވާރުން ވެސް ކާން އެކަށީގެން ނުވާނެ: ސިރިސޭނާ

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ދާދި ފަހުން ނޭޕާލަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ދަތުރުގައި ސްރީ ލަންކަން އެއާލައިންސް ދިން ކެޝޫ ނަޓަކީ ޖަނަވާރުން ވެސް ކާން އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކަން އިން ދިން ނަޓް ޖަނަވާރުން ވެސް ކާން އެކަށީގެން ނުވާނެ: ސިރިސޭނާ
ސްރީ ލަންކަން އިން ދިން ނަޓް ޖަނަވާރުން ވެސް ކާން އެކަށީގެން ނުވާނެ: ސިރިސޭނާ

ސްރީ ލަންކާގެ ދެކުނުގައި ދަނޑުވެރިންތަކަކާ އެކު އިއްޔެ އޮތް އިވެންޓެއްގައި ސިރިސޭނާ ވިދާޅުވީ އެމަނިކުފާނަށް ފަރިއްކޮޅަށް އެރުވި ކެޝޫ ނަޓަކީ އިންސާނުން ކާން އެކަށީގެން ނުވާ އެއްޗެއްގެ އިތުރުން އެއީ ކުއްތާ އަށް ކާން ދޭން ވެސް ކަމުނުދާނެ އެއްޗެއް ކަމަށެވެ.

"ކާކު މި ކެޝޫ ނަޓް ބޭނުން ކުރަން ހުއްދަ ދިނީ؟ ކާކު މިކަމާ ޒިންމާ ވާނީ؟" ސިރިސޭނާ ސުވާލު ކުރެއްވި އެވެ.

ސިރިސޭނާގެ ތުހުމަތާ ގުޅިގެން، ލަންކާގެ ގައުމީ އެއާލައިނުން އަދި ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ކޮރަޕްޝަން ބޮޑުވެ އެ މައްސަލަތައް މިހާރު ދަނީ ރިޔާސީ ކޮމިޝަނަކުން ބަލަމުންނެވެ. ސްރީ ލަންކަން އެއާލައިންސްގެ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.