މޫވްއެންޕިކް ވޮފުލް: ކިތަންމެ ވަރަކަށްވެސް ކެވިދާނެ!
މޫވްއެންޕިކް ވޮފުލް: ކިތަންމެ ވަރަކަށްވެސް ކެވިދާނެ!

ބެލްޖިއަމުން ފެށިގެން ނިއު ޔޯކާ ހަމަ އަށް، ހެނދުނުގެ ނާސްތާގައި އެންމެ ގިނަ މީހުން ކާ އެކައްޗަކީ ވޮފުލް އެވެ. އެކި ގަމުތަކުގައި ވަފުލްގެ ރެސަޕީތައް ތަފާތުވެފައި ސައިޒަށް ވެސް ބަދަލު އާދެ އެވެ. މޭވާތަކާއި ސިރަޕް އަދި ޗޮކޮލެޓާއި އައިސް ކްރީމުގެ ތެރެއިން ކޮންމެ އެއްޗަކާ އެކީ ކާލަން މީރު، ދަހިވާގޮތަށް އިންސްޓަގްރާމްކޮށްލަން ވެސް އެއްވަނަ އެވެ. މި ޓްރެންޑު މިހާރު އަހަރެމެން ދިވެހިންނާ ހަމަ އަށް ވެސް ފޯރައިފި އެވެ.

މިދިޔަ އަހަރު ޖޫން މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުުޅުވި ފްރެންޗައިސް އައިސްކްރީމް ބްރޭންޑު "މޫވްއެންޕިކް" ގައި މީރު ވޮފުލް ހަދަ އެވެ. ޕްރިމިއަމް ސުވިސް އައިސްކްރީމް ވިއްކާ ބައެއްގެ ގޮތުގައި މިތަން މަޝްހޫރުކަން ހޯދާފައި ވިޔަސް މިހާރު އެތަނަކީ ދިވެހިންގެ ވޮފުލް ސެންޓަރެވެ. ޗޮކުލެޓަށް ދެވި ހިފާފައި ހުރި ނަމަ ސުވިސް ޗޮކޮލެޓް އޮބްސެޝަން އަދި ވައިޓް ޗޮކޮލެޓް އެންޑް ރާސްބެރީ އޮބްސެޝަންގެތެރެެއިން ކާނީ ކޯއްޗެއްކަމެއް ނޭނގި، ގޮތެއް ނިންމަން އިރުކޮޅެއް ނަގައިފާނެ އެވެ. އަދި ނިމުނީއެއް ނޫނެވެ. އެހެން "އޮބްސެޝަން" އެއް ވެސް ހުރެއެވެ.

އެއީ ކްރީމް ކެރެމަލް އޮބްސެޝަން އެވެ. މެނޫއާއި މޫވްއެންޕިކްގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ފެންނަން ހުންނަ ފޮޓޯތަކާއި އަސްލު ޑިޝް އަޅާ ކިޔާއިރު އެއްވެސް ތަފާތުކަމެއް ނުހުރެއެވެ. އެ ސެޓަކާއި ގުޅޭގޮތަށް ކޮންމެ ވޮފުލް އެއް ވެސް އިންނަނީ ޗޮކުލެޓާއި ސިރަޕް އަދި އައިސިން ޝުގާ އިން 'އިންސްޓަގްރާމް ރެޑީ' ކޮށްލައިދީފަ އެވެ. މި ހުރިހާ ވާހަކައެއް ކިޔާލީމާ ވެސް ކާ ހިތްވެއްޖެ ދޯ އެވެ.

ސައި ގަޑީގައި މޫވްއެންޕިކްގައި ތިބޭ އޮފީސްތަކުގެ މީހުން މަދެއް ނޫނެވެ. އާދިއްތައެއް އަންގާރައެއް ބަލާނުލާ އެއްކަލަ މީރު ދެ ވަފުލްގެ ސެޓުގެ އިންތިޒާރުގަ އެވެ. މެންދުރު އެންމެ ހޫނު ވަގުތު މި މީރު ވޮފުލްއާއި އެކު ހަށިގަނޑަށް ފިނިކޮށްލައިދޭނެ ސުވިސް އައިސްކްރީމްގެ ސިންގަލް ނުނީ ޑަބަލް ސްކޫޕެއް ކާލުން ވަނީ ބޮޑު ހިތްހަމަ ޖެހުމަކަށެވެ. މި ނިމުނީ އެއް ނޫނެވެ. ލޯބިވެރިންގެ އެނިވާސަރީ އަދި އުފަންދުވަސް ފާހަގަކޮށްލަން ރޮމޭންޓިކް ޑިނާ ޑޭޓެއްގައި ކާލަން ވެސް މި ކެއުން ވަރަށް ފައްކަލެވެ. މޮޅު ވަނަތަކާއި ފާސްތައް ހޯދާ ކުދިންގެ ހިތްތައް ފުރާލަދޭ ހަދިޔާއެއްގެ ގޮތުގައި މޫވްއެންޕިކްގެ ވޮފުލް ފުދޭނެ އެވެ.