09 ސެޕްޓެމްބަރ 2018 - 18:01

މެޗު ނިމިއްޖެ. ރާއްޖެ ސެމީ އަށް ދާނެކަން އެނގޭނީ ގުރުނެގުމުން.
ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ އިންޑިއާ ކީޕަރު ދިފާއުކޮށްފި.
މިގޮތަށް ނަތީޖާ އޮވެއްޖެ ނަމަ ރާއްޖެ އާއި ލަންކާ ޕޮއިންޓް އަދި ލަނޑުގެ ގޮތުން ވެސް އެއްވަރުވާނެ. އެހެންވެއްޖެ ނަމަ ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅާނީ ރާއްޖެ އާއި ލަންކާގެ މެދުގައި ގުރެއް ނަގައިގެން.
ސެންޓޭ ދިން ބޯޅަ އެއް ހޯދައި ދާދު އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރަށް.
ރާއްޖޭގެ އިއްބެ ޑީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ޝޮޓް އިންޑިއާ ޑިފެންޑަރަކު ބްލޮކްކޮށްފި.
އަސަދުﷲ ގެ ބަދަލުގައި ސެންޓޭ އަރުވައިފި.
އިންޑިއާ އިން ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފި. އެ ޓީމުގެ ކުޅުންތެރިޔަކު އަރިމަތިން ހުރަސްކުރި ބޯޅަ ރާއްޖޭގެ ސަމުއްޓެ އަށް ދިފާއުނުކުރެވި ހުސްކޮށް ލިބުނީ މުރްތީ އަށް. އެކަމަކު އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުނީސް ކީޕަރު ފައިސަލް އެ ބޯޅަ ސަލާމަތްކުރި.
ރާއްޖޭގެ ހަމްޕު އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލުވުމުން އަމާޒުވީ އަރިމަތީ ދާގަނޑަށް. ނުރައްކާތެރި ބޯޅައެއް.
ދެ ވަނަ ހާފު ފަށައިފި.
އާއްކޮގެ ބަދަލުގައި ރާއްޖޭން ދެ ވަނަ ހާފަށް ހަމްޕު އަރުވައިފި.
އިންޑިއާ 2-0 އިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިމިއްޖެ.
ރާއްޖެ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެއްޖެ. އިންޑިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭނާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް.
އިންޑިއާ އިން ދެ ވަނަ ގޯލް ޖަހައިފި. މަންވިރް ސިންގް މި ގޯލް ޖެހީ މެދުތެރެއިން ޖައްސާލި ބޯޅަ ހޯދައި ރާއްޖޭގެ އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް އަރައި ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު.
އިންޑިއާ އިން މިހާތަނަށް ފަސް ޝޮޓް ފޮނުވާލާފައިވާއިރު ރާއްޖެ އަށް ފޮނުވާލެވުނީ ދެ ބޯޅަ.
އިންޑިއާ އިން ލީޑު ނަގައިފި. އެ ޓީމުގެ ނިކިލް ޗަންދްރަޝޭކަރު މެދު ރޮނގާ ދިމާލުން ބޯޅަ ހިފައިގެން ކުރިއަށް އަރައި، އެ ޓީމުގެ ކުޅުންތެރިއަކަށް ދިނުމުން ރާއްޖޭގެ އިރޭގެ ފައިގައި ޖެހިފައި އަލުން ލިބުނީ ނިކިލް އަށް. އޭނާ އެ ބޯޅަ ހިފައިގެން ރާއްޖޭގެ ޑިފެންސް ލައިން ފޫއަޅުވާލައި ގޮސް ގޯލަށް ވައްދާލީ.
ރާއްޖެއަށް ލިބުނު އެއްލުމުގެ ތެރެއިން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އިރޭ ހޯދައި، ބޮނޑިވެފައި ތިބި ކުޅުންތެރިންތަކުގެ ތެރެއިން ގޯލަށް ފޮނުވާލުމުން އިންޑިއާ ކީޕަރު އެ ބޯޅަ ނަގައިފި.
ރާއްޖޭގެ ސަމުއްޓެ އަށް އަނިޔާވެގެން ފަރުވާދެނީ. ސީރިއަސް އަނިޔާއެއް ނޫން.
މެޗުގެ ކުރީކޮޅު އިންޑިއާ އިން ނުރައްކާ ކުރި ނަމަވެސް މަޑުމަޑުން ރާއްޖޭން އަންނަނީ ކޮންޓްރޯލް ނެގޭތޯ މަސައްކަތްކުރަމުން. އެކަމަކު އަދި ނުރައްކާތެރި ހަމަލައެއް ނުއުފެއްދޭ.
އިންޑިއާގެ ފާރޫގް ހާޖީ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ އަށް ރާއްޖޭގެ ސަމުއްޓެ ހުރަސް އެޅުމުން، ގޯލާ އަމާޒެއް ނުކުރެވުނު.
އިންޑިއާގެ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލައެއް ދިފާއުކުރުމަށްޓަކައި އޭރިއާ ތެރެއިން ބަކާ ބޮލުން ޖެހި ބޯޅަ ބައިކޮޅަށް ނުވަނީ ކިރިޔާ. އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށް.
ރާއްޖޭން ވަނީ ތިން ބަދަލެެއް ގެނެސްފައި. އެއީ ނާއިޒް ހަސަން (ދާދު) ގެ ބަދަލުގައި ފޯވާޑަކަށް އަސަދުﷲ އަބްދުﷲ އެރުވުމާއި ދެ ފަޅިން ހަމްޒާ މުހައްމަދު (ހަމްޕު) ގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދު އިއްބެ) އެރުވުން އަދި އަލީ ފާސިރު (ސެންޓޭ) ގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) އެރުވުން.
މެޗު ފަށައިފި.
ރާއްޖޭގެ ފުރަތަމަ އެގާރަ: މުހައްމަދު ފައިސަލް، ސަމޫހު އަލީ (ސަމުއްޓެ)، އަކްރަމް އަބްދުލްގަނީ، ހުސެއިން ސިފާހު، މުޖުތާޒް މުހައްމަދު (މުޖޭ)، މުހައްމަދު އާރިފް (ބަކާ)، މުހައްމަދު އިރުފާން، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަހުމަދު އިމާޒް (އާއްކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަސަދުﷲ އަބްދުﷲ
ސާފް ސުޒުކީ ކަޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.