ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ
ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ

ބެންކޮކް (އޮގަސްޓް 7) - ތައިލެންޑުގެ އަސްކަރީ ސަރުކާރުން ޑްރާފްޓް ކުރި އާ ގާނޫނު އަސާސީ އަށް ރައްޔިތުން ރުހޭތޯ ބެލުމަށް މިއަދު ވޯޓު ނަގަން ފަށައިފި އެވެ.

ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ
ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ

މިއީ 2014 ވަނަ އަހަރު ބޮޑު ވަޒީރު ޔިންގްލަކު ޝިނަވަތުރާގެ ސަރުކާރު ސިފައިންގެ ޖެނެރަލުން ވައްޓާލި ފަހުން އެ ގައުމުގައި ނަގާ ފުރަތަމަ ވޯޓެވެ. ސިފައިން ވެރިކަމާ ހަވާލުވެ އާ ގާނޫނު އަސާސީ އަށް އަމަލު ކުރުން ވަނީ ހުއްޓާލައިފަ އެވެ. ސިފައިން ބުނެފައި ވަނީ އާ ގާނޫނު އަސާސީ އަށް ރައްޔިތުން ރުހުން ދީފި ނަމަ އެއީ ފުރިހަމަ ޑިމޮކްރެސީ އަކަށް ބަދަލުވުމަށް ކުރިއަށް އަޅާ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ. އަދި މިއީ ގައުމުން ކޮރަޕްޝަން ފުހެލާ ހަމަޖެހުން އަލުން ގެނުވާނެ ގާނޫނު އަސާސީއަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ
ތައިލެންޑުގެ އާ ގާނޫނު އަސާސީ އަށް ފެންނަ ނުފެންނަ ވޯޓު ނަގަނީ

އިދިކޮޅު ފަރާތްތަކުން ބުނަނީ މިއަދު ނަގަނީ އިންސާފުވެރި ވޯޓެއް ނޫން ކަމަށެވެ. ވޯޓާ ބެހޭ ގޮތުން ކެމްޕޭންކޮށް ގާނޫނު އަސާސީގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ވަނީ މަނާކޮށްފަ އެވެ. އަދި މިއީ ސިފައިންގެ ބާރު އިންތިހާށް ގަދަވާނެ ގޮތަށް ހަދާފައިވާ ގާނޫނު އަސާސީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ތައިލެންޑުގައި 1932 ވަނަ އަހަރުގެ ފަހުން ސިފައިން ވަނީ 12 ފަހަރު ވެރިކަން ވައްޓާލައިފަ އެވެ. އަދި މި ގާނޫނު އަސާސީ ފާސްވެއްޖެ ނަމަ މިއީ އެ ގައުމުގެ 20 ވަނަ ގާނޫނު އަސާސީ އަށް ވާނެ އެވެ.

"ބަޣާވާތުގެ ސަރުކާރުން ވަނީ މި ގައުމުގެ ގާނޫނު އަސާސީ ވީދާލާ އަހަރެމެންގެ ހައްގުތައް ވަގަށް ނަގާފައި. ސަރުކާރުން ވަނީ ހުރިހާ ކޮންޓްރޯލެއް ހޯދާފައި،" ގާނޫނު އަސާސީއާ ދެކޮޅަށް ބެންކޮކުގައި ވޯޓު ދިން 35 އަހަރުގެ މީހަކު ބުންޏެވެ.

ތައިލެންޑުގެ އިންތިޚާބުގައި ވޯޓުލުމަށް ވަނީ 50 މިލިއަން މީހުން ރަޖިސްޓްރީކޮށްފަ އެވެ. ވޯޓުލާން ނުކުންނަ މީހުން މަދުވެއްޖެ ނަމަ އެކަމުގެ ފައިދާ އޮތީ ސިފައިންނަށެވެ. ތައިލެންޑުގެ އަސްކަރީ ސަރުކާރުން ވަނީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ރައްޔިތުން ތާއީދުކުރިއަސް ނުކުރިއަސް އަންނަ އަހަރު އިންތިޚާބު ބާއްވާނެ ކަމަށް ބުނެފަ އެވެ.