ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް
ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް

ޕިއޮންޔަން (ސެޕްޓެމްބަރު 9) - ނޯތު ކޮރެއާގެ 70 ވަނަ އަހަރީ ދުވަހު ބޭއްވި އަސްކަރީ ޕެރޭޑުގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ދައްކާލާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް
ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް

އަސްކަރީ ޕެރޭޑުގައި އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ތަގްރީރު ކުރެއްވިކަން ވެސް ޔަގީން ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް
ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް

ނޯތު ކޮރެއާގެ ސިފައިންގެ އަހަރީ ދުވަހު ބާއްވާ އަސްކަރީ ޕެރޭޑުގައި އެ ގައުމުގެ ވަރުގަދަ ހުރިހާ ހަތިޔާރެއް މީގެ ކުރިން ދިޔައީ ދައްކާލަމުންނެވެ. އެހެން ކަމުން މި ފަހަރުގެ ޕެރޭޑުގައި ބެލިސްޓިކް މިސައިލް ދައްކާ ނުލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ޖޫން މަހު ކިމް ބޭއްވި ސަމިޓުގައި އެއްބަސްވި ކަންކަމަށް ނޯތު ކޮރެއާ އިން އިހްތިރާމް ކުރާ ކަމުގެ ހެއްކެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް
ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް

ސިންގަޕޫރުގައި ބޭއްވި ސަމިޓްގައި ކިމް ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ނޯތު ކޮރެއާގެ އަސްކަރީ ޕެރޭޑުގެ ރަސްމީ އެއްވެސް ވީޑިއޯއެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ވެރިރަށް ޕިއޮންޔަންގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނެފައި ވަނީ ބެލިސްޓިކް މިސައިލެއް ޕެރޭޑުގައި ނެތް ކަމަށެވެ.

ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ އުފެދުނީ 1948 ވަނަ އަހަރު އެވެ. މިއަދަކީ ނޯތު ކޮރެއާ އުފެދުނުތާ 70 އަހަރު ފުރުނު ދުވަހެވެ.