ސުޝްމިތާ ސެން އެނބުރި އަންނާނީ ފުލުހެއްގެ ރޯލުން
ސުޝްމިތާ ސެން އެނބުރި އަންނާނީ ފުލުހެއްގެ ރޯލުން

ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ބޮޑު ސްކްރީނުން މިހާރު ނުފެންނާތީ އޭނާ ބުނެފައިވަނީ ހިތްހަމަޖެހޭ ކަހަލަ ރޯލެއް ލިބިއްޖެ ނަމަ، އަލުން ކެމެރާ ކުރިމައްޗަށް ނުކުންނަން ހުރީ ތައްޔާރަށް ކަމަށެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ސުޝްމިތާ މިހާރު ވަނީ ފިލްމަކަށް ސޮއިކޮށްފަ އެވެ. އަދި އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ފުލުހެއްގެ ރޯލުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، އެ ފިލްމާ ބެހޭ ގޮތުން ސީދާ ސުޝްމިތާ ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ވަރަށް އަވަހަށް އެ ފިލްމު ރަސްމީކޮށް އިއުލާންކޮށް، އަހަރުގެ ފަހުކޮޅު މީގެ ޝޫޓިން ފަށާނެ ކަމަށް ބުނެފައިވެ އެވެ.

ސުޝްމިތާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލެމް" އެވެ. އަދި އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގައި ރިލީޒް ކުރި ބެންގާލީ ފިލްމް "ނިރްބާކް" އެވެ.

އެޑަޕްޓްކޮށްގެން ދެ އަންހެން ކުދިން ވެސް ގެންގުޅޭ 42 އަހަރުގެ ބަތަލާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ބީވީ ނަމްބަރު 1"، "މޭ ހޫ ނާ"، "ސިރްފް ތުމް"، އަދި "އާންކޭ" ހިމެނެ އެވެ.