ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް
ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް

ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހަން އަމިއްލަ ގަލަން ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް
ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް

ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ވޯޓު ލާން ދާއިރު އަމިއްލަ ގަލަމެއް ގެންދަން އެއްވެސް އިރަކު މަނާކޮށްފައި ނުވާނެ ކަމަށެވެ.

ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް
ވޯޓު ލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ: ޝަރީފް

އަމިއްލަ ގަލަމެއް ގެންދިއުމަކީ "އަޅުގަނޑުމެން ހިތްވަރު ވެސް ދޭ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން [ބާއްވާ] ގަލަމާ މެދު ޝައްކުވަންޏާ ކޮންމެ ބޭފުޅަކު ވެސް ގަލަމެއް ހިއްޕަވައިގެން ވަޑައިގަންނަވާ،" ޝަރީފް ވިދާޅުވި އެވެ.

އޭނާގެ މި ވާހަކަ މިއައީ، ފާހަގަ ޖެހުމުން ވަކި ވަގުތެއްގެ ތެރޭގައި ފޮހެވޭ ފަދަ ގަލަމެއް އިލެކްޝަންސް ކޮމިޝަނުން ވޯޓު މަރުކަޒުތަކުގައި ބޭނުންކުރަން އުޅޭކަމުގެ ތުހުމަތު، އިދިކޮޅު އިއްތިހާދުން އަޅުވާފައި ވަނިކޮށެވެ. އެގޮތުން މިދިއަ ބުރާސްފަތިދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެފަދަ ގަލަންތަކަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ އިރު އެކަން ކޮމިޝަނުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހައްގެއް ވޯޓު ޖެހުމަކީ. އިލެކްޝަންސް ކޮމިޝަނަކުން ނޫން، ފާހަގަ ޖަހާނެ ގަލަމާއި ފާހަގަ ޖަހާނެ ގޮތާއި އެ ހުރިހާ އެއްޗެއް ދައްކާނީ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ހައްގެއް. ވޯޓުލާ މަރުކަޒަށް އަޅުގަނޑުމެންގެ އަމިއްލަ ގަލަން ވެއްދެން ޖެހޭނެ،" މާރިޔާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގަލަމަކީ އެއްވެސް ކަހަލަ ޝައްކެއް އުފެދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި އެ މީހަކު ވޯޓު ދިން ގޮތަށް އެ ވޯޓު ގުނޭނެކަމުގެ "100 ޕަސެންޓް ޔަގީންކަން ދެން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އަމިއްލައަށް ވައްދާ ގަލަން މަރުކަޒުގައި ބާއްވައިގެން ނުވާނެ އެވެ. އަދި މީހުން އަމިއްލައަށް ގެންދާ ގަލަން ޕޯލިން ބޫތުގައި ބާއްވާފައި ދޭތޯ، އޮފިޝަލުން ޗެކްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.