07 އޯގަސްޓް 2016 - 11:06

ރިއޯ ޑި ޖަނޭރޯ (އޮގަސްޓް 7) - ބްރެޒިލްގައި މިދިޔަ ހުކުރު ދުވަހު ފެއްޓި އޮލިމްޕިކްސްގެ ފުރަތަމަ ރަން މެޑަލް އެމެރިކާގެ ޒުވާން ޝޫޓަރު ގިނީ ތުރަޝާ ހޯދައިފި އެވެ.
އުމުރުން 19 އަހަރުގެ ގިނީ ރަން މެޑަލް ހޯދީ 10 މީޓަރު އެއާ ރައިފަލް ކެޓަގަރީންނެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ގިނީ ހޯދީ ފުރަތަމަ މެޑަލް އޭނާ އަށް ލިބުނީ 208.0 ޕޮއިންޓުންނެވެ.
ގިނީ މެޑަލް ހޯދީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު 2006 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޗައިނާގެ ޑޫ ލީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ. އަހަރެން މި އަންނަނީ ވަރަށް ގިނަ ދުވަސް ވަންދެން އެކި ތަންތަނުގައި މިކަމަށް ތައްޔާރުވަމުން. މެޑަލް މި ލިބުނީ މި ކަމަށް ޓާގެޓް ކޮށްގެން ކުރި ހިތްވަރުން،" ވެސްޓް ވާޖީނިއާގައި ކިޔަވަމުން އަންނަ ގިނީ ބުންޏެވެ.
ލަންޑަން އޮލިމްޕިކްސްގައި މި ކެޓަގަރީން ރަން މެޑަލް ހޯދި ޗައިނާގެ ޔީ ސިލިން އަށް މި ފަހަރު ލިބުނީ ލޯ މެޑެއްޔެވެ.
މި ކެޓަގަރީން އެންމެ ރަނގަޅު ކުރިއެރުމެއް ހޯދީ އިނގިރޭސި ޝޫޓަރު ޖެން މެކިންޓޯޝް އެވެ.