07 އޯގަސްޓް 2016 - 12:52

ތަފާތު އެކި މައްސަލަތަކުގެ ތަހުގީގަށް ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ވަކީލުންނާއި އާއިލާ އަށް ބައްދަލުކުރެވޭ އުސޫލު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
މިދިޔަ މާޗު މަހު ފުލުހުން ވަނީ މުވައްކިލުންނާއި ވަކީލުން އަދި އާއިލާއާ ވަކި ދުވަސްތަކެއްގައި ބައްދަލުކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ކުރިން އޮތްގޮތުން ބަންދުގައި ތިބޭ މީހުންނަށް އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދޭނީ ބަންދުގައި އެ މީހަކު ހަތް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ހުންނަ ނަމަ ކޮންމެ 15 ދުވަހަކުން އެއް ބައްދަލުވުމެވެ. އެއީ އެއްގަޑިއިރަށެވެ. ނަމަވެސް ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރުގެ ހުއްދައާ އެކު ހާއްސަ ގޮތުން އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދޭނެ އެވެ. ވަކީލުންނަށް ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރެވޭނީ ހަފުތާއަކު ދެ ބައްދަލުވުމެވެ. އެއީ ދޮޅު ގަޑިއިރަށެވެ.
ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމަށް ވަކި ދުވަސްތަކެއް ކަނޑައަޅައިފައިވުމުން ވަކީލުން ވަނީ މައްސަލަތަކަށް ތައްޔާރުވުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރިން މިފަދަ ބައްދަލުވުންތަކުގެ ދިގުމިނެއް ނެތުމުގެ ސަބަބުން އެދޭ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ފުލުހުން ބުންްޏެވެ.