07 އޯގަސްޓް 2016 - 09:34

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ޑައެނާ ޕެންޓީ ކުޅުނު "ހެޕީ ބާގް ޖާއޭގީ" ރިލީޒްވުމަށް ތައްޔާރުވެއްޖެ އެވެ. ޑައެނާ ބުނަނީ މި ފިލްމު ކާމިޔާބުވުން އޭނާއަށް ވަރަށް މުހިއްމު ކަމަށެވެ.
ޑައެނާ އެންމެ ފަހުން ފެނިފައި ވަނީ އޭނާ އަލަށް ކުޅުނު "ކޮކްޓެއިލް" އިން 2012ގަ އެވެ.
ޑައެނާ، 31، ބުނަނީ އޭނާއަށް ޒާތެއްގެ ޕްރެޝަރެއް މި ފިލްމުން ކުރިމަތިވެފައިވާ ކަމަށެވެ. ސަބަބަކީ އެއް ފިލްމަށް ވުރެ އަނެއް ފިލްމުގައި ދައްކާ ޕާފޯމަންސް މޮޅުވާން ޖެހޭނެކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ.
"މިއީ ބޮލީޑަށް އަހަރެން އެނބުރި އަންނަ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރޭ. އެހެންވީމާ މި ފިލްމުގައި އަހަރެންގެ ޕާފޯމަންސް މޮޅުވާންޖެހޭނެ ކަމަށް ގަބޫލުކުރެވޭ،" ޑައެނާ ބުންޏެވެ.
މުދައްސަރް އަޒީޒް ޑައިރެކްޓްކޮށްފައިވާ "ހެޕީ ބާގް ޖާއޭގާ" ގައި ޑައެނާގެ އިތުރުން އަބޭ ޑެއޯލް، ޖިމީ ޝާގިލް، އަލީ ފަޒާލް އަދި ޕިޔޫޝް މެހެރާ ބައިވެރިވެ އެވެ.
މި އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުން ޕާކިސްތާނު ބަތަލާ މޯމަލް ޝެއިޚް ވެސް ފުރަތަމަ ފަހަރަށް ހިންދީ ފިލްމަކުން ފެންނާނެ އެވެ.