އަޅުގަނޑުގެ ޝަރީއަތް އަވަސް ކުރަނީ ވަކި މިސްރާބަކަށް ގެންދަން: އަދީބު
އަޅުގަނޑުގެ ޝަރީއަތް އަވަސް ކުރަނީ ވަކި މިސްރާބަކަށް ގެންދަން: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަވަހަށް ކުރިއަށް ގެންދަނީ ވަކި މިސްރާބަކަށް އެ މައްސަލަ ގެންދަން ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަޅުގަނޑުގެ ޝަރީއަތް އަވަސް ކުރަނީ ވަކި މިސްރާބަކަށް ގެންދަން: އަދީބު
އަޅުގަނޑުގެ ޝަރީއަތް އަވަސް ކުރަނީ ވަކި މިސްރާބަކަށް ގެންދަން: އަދީބު

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ މައްސަލަތައް އަވަހަށް ނިންމަނީ ކީއްވެގެން ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އިންސާފުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އެގޮތަށް ވިދާޅުވެ، އަދީބު ވަނީ މައްސަލަ އަވަހަށް ގެންދާ ސަބަބާ ބެހޭގޮތުން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީއާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ގާޒީ ވިދާޅުވީ މައްސަލަ އަވަހަށް ގެންދަނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމުން، މައްސަލަ ކުރިއަށް ގެންދަން ދަތިވާނެތީ ކަމަށެވެ. އޭރުން މައްސަލަ އިތުރަށް ލަސްވެ، ބަންދުގައި ހޭދަކުރަންޖެހޭ މުއްދަތު ދިގުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި މައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތެވެ.

އެ މައްސަލައިގެ އިތުރުން މާލެ އަތޮޅު ފަޅެއް ގަވާއިދާ ޚިިލާފަށް ދިން ކަމަށް ބުނެ އަދީބަށް ދައުވާ ކުރާއިރު، ފިނިފެންމާ ލޯންޗްކޮޅުގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން ވެސް އަދީބަށް ދައުވާ ކުރެއެވެ.