05 ސެޕްޓެމްބަރ 2018 - 15:36

ނިއު ދިއްލީ (ސެޕްޓެމްބަރު 5) - ކަޝްމީރުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި އެ ކުއްޖާގެ ދޮން މަންމަ ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
އޮފިޝަލުން ބުނީ ނުވަ އަހަރުގެ ކުއްޖާ ރޭޕްކުރުމަށް ދޮން މަންމަ ވަނީ އޭނާގެ 14 އަހަރުގެ ދަރިފުޅާއި އެހެން ތިން މީހެއްގެ ގާތުގައި ބުނެފަ އެވެ. ރޭޕްކުރުމަށް ފަހު މަރާލާފައި އޮތް އަންހެން ކުއްޖާގެ ހަށިގަނޑު ޖަންގަލީގެ ތެރޭން ފެނިފައި ވަނީ އާދިއްތަ ދުވަހު އެވެ. އަންހެން ކުއްޖާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ފެނިފައި ވަނީ ގެއްލިގެން އުޅޭތާ 10 ދުވަސް ފަހުންނެވެ.
މިއީ ފަހަކަށް އައިސް ކަޝްމީރުގައި ހިންގި ރޭޕުގެ ދެ ވަނަ މައްސަލަ އެވެ. މިދިޔަ އެޕްރީލް މަހު ވަނީ އަށް އަހަރުގެ މުސްލިމް ކުއްޖަކު ރޭޕްކޮށް މަރާލައިފަ އެވެ.