ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން
ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން

ކަރަން ޖޯހަރް މިހާތަނަށް ހަ ފިލްމް ޑައިރެކްޓް ކުރި އިރު، އޭގެ ތެރެއިން ހަތަރު ފިލްމެއްގައި ލީޑް ރޯލް ކުޅުނީ ޝާހްރުކް ހާނެވެ. އެއީ ކުޗް ކުޗް ހޯތާ ހޭ (1998)، ކަބީ ހުޝީ ކަބީ ޣަމް (2001)، ކަބި އަލްވިދާ ނާ ކެހެނާ (2005) އަދި މައި ނޭމް އިޒް ހާން (2010) އެވެ.

ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން
ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން

ގިނަ ބަޔަކު ކުރިން ގަބޫލު ކުރި ގޮތުގައި ޝާހްރުކް ހިމަނައިގެން ނޫނީ އޭނާ ދުވަހަކު ވެސް ފިލްމެއް ޑައިރެކްޓް ނުކުރާނެ އެވެ. އެކަމަކު 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އާއި 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އިން ކަރަން ވަނީ އެކަން އެހެން ނޯންނާނެކަން ސާބިތުކޮށްފަ އެވެ.

ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން
ކަރަން ޖޯހަރްގެ ފެވަރިޓަކީ ޝާހްރުކް ހާނެއް ނޫން

ގިނަ ފިލްމްތަކެއްގައި ގާތް އެކުވެރިޔާ ޝާހްރުކްއާ އެކުގައި މަސައްކަތް ކުރިޔަސް އެއީ އޭނާގެ ފެވަރިޓް އެކްޓަރެއް ވެސް ނޫނެވެ.

މެންސް ވޯލްޑްގެ މި މަހުގެ އަދަދަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނި ގޮތުގައި އޭނާ އެންމެ ގަޔާވާ އެކްޓަރަކީ ރަންބީރު ކަޕޫރެވެ. އަދި އޭނާއަކީ އަޖައިބެއް ކަހަލަ މޮޅު އެކްޓަރެއް ކަމަށް ބުންޏެވެ. ކަރަން ޑައިރެކްޝަނެއްގައި ރަންބީރު މަސައްކަތް ކުރި ހަމައެކަނި ފިލްމަކީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ.

ކަރަން ބުނި ގޮތުގައި ރަންވީރާ އެކު އަދިވެސް އޭނާ މަސައްކަތްކޮށްލަން ވަރަށް ބޭނުންވެ އެވެ. އެކަމަކު ކަރަން ދެން ޑައިރެކްޓް ކުރާ "ތަހުތު" އިން ރަންބީރެއް ނުފެންނާނެ އެވެ.

ރަންބީރު އެންމެ ފުރަތަމަ ކަރަންގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކަށް ކުޅުނީ އަޔާން މުކަރްޖީގެ 2011 ގެ "ވޭކް އަޕް ސިދް" އެވެ. އަދި 2013 ގައި އަނެއްކާ ވެސް އަޔާންއެކު ކަރަން އުފެއްދި "ޔެ ޖަވާނީ ހޭ ދީވާނީ" ގައި ވެސް މަސައްކަތް ކުރި އެވެ.

ރަންބީރު މިހާރު ވެސް އަންނަނީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އަޔާން ޑައިރެކްޓް ކުރާ "ބުރައްމަސްތުރާ" އެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމެކެވެ.

ރަންބީރަކީ ފެވަރިޓް އެކްޓަރު ކަމަށް ކަރަން ބުނި އިރު، ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރަކީ ވެސް ކަރަން ވަރަށް ގަޔާވާ އެކްޓަރެއް ކަމަށް ކުރިން ބުނެފައިވެ އެވެ. ރިޝީއާ އެކު ކަރަން ވަނީ "ސްޓޫޑަންޓް އޮފް ދި އިޔާ" ގައި މަސައްކަތްކޮށްފަ އެވެ.

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކަރަންގެ ކުންފުނީގެ ފިލްމްތައް އެންމެ ގިނައިން ލިބޭ ބަތަލާއިންނަކީ ކަރީނާ ކަޕޫރާއި އާލިއާ ބަޓް އެވެ. އޭނާ 2020 ގައި ރިލީޒް ކުރާ "ތަހުތު" ގައި ވެސް މިދެ ތަރިން ހިމެނެ އެވެ.

ކަރަން ބުނި ގޮތުގައި ކިއާރާ އަދްވާނީއަކީ ވެސް އޭނާ މިހާރު ވަރަށް ގަޔާވާ ބަތަލާއެކެވެ. ކިއާރާ ވަނީ ނެޓްފްލިކްސް އިން ގެނެސް ދިން އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓްރީޒް" ގައި ހިމެނޭ ކަރަންގެ ސެގްމަންޓްގެ ބަތަލާގެ ރޯލް ކުޅެފަ އެވެ. އަދި ކަރަން ޕްރޮޑިއުސް ކުރާ އިތުރު ތިން ފިލްމަކުން ވެސް އޭނާ އަށް ފުރުސަތު ލިބިފައިވެ އެވެ.

އެއީ "ކަލަންކް" އާއި "ގުޑް ނިއުސް" ގެ އިތުރުން ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅޭ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާ އެވެ.