އަވޭ ގޯލުގެ އުސޫލު ބަދަލުކުރަން ކޯޗުން އެދިއްޖެ
އަވޭ ގޯލުގެ އުސޫލު ބަދަލުކުރަން ކޯޗުން އެދިއްޖެ

ނިޔޯން، ސްވިޒަލެންޑް (ސެޕްޓެމްބަރު 5) – ޔޫރަޕުގެ މުބާރާތްތަކުގައި އަވޭ ގޯލްގެ ބޭނުން ހިފުމާ މެދު ދެ ވަނަ ވިސްނުމަކަށް ދިއުމަށް ޔޫރަޕުގެ މަތީ ފަންތީގެ ކޯޗުން ޔުއެފާގައި އެދިއްޖެ އެވެ.

އަވޭ ގޯލަކީ ދެ ލެގުގެ މެޗުތަކުގައި ނަތީޖާ ކަނޑައެޅުމުގައި މިހާރު ބަރޯސާވާ އުސޫލެކެވެ. ރަށުން ބޭރުގައި ޖަހާފައިވާ ގޯލުގެ ބުރަދަން އަމިއްލަ ދަނޑުގައި ޖަހާ ގޯލަށް ވުރެ ބޮޑެވެ. މިއީ ދެ ޓީމެއް އެއްވަރުވުމުން ނަތީޖާ ނެރެން ގުރުލުން ނުވަތަ އެހެން ދަނޑެއްގައި އާ މެޗެއް ކުޅުމުގެ އުސޫލު ބަދަލުކުރުމުގެ ގޮތުން 1965 ވަނަ އަހަރުގެ ޔުއެފާ ކަޕްވިނާސްކަޕުގައި އޭރު އަމަލުކުރަން ފެށި ގޮތެކެވެ.

ކޯޗުން ދެކޭ ގޮތުގައި ކުރިއާ ބަލާއިރު، ރަށުން ބޭރުގައި ގޯލް ޖެހުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. އަދި އަވޭ ޓީމުން އެޓޭކްކުރަން ބާރު އަޅާ ފަދައިގެން، އޭގެ ސަބަބުން ހޯމް ޓީމަށް ޑިފެންސްކުރަން މަޖުބޫރުވެގެންދާ ކަމަށް ކޯޗުން ދެކެ އެވެ.

ޔުއެފާ އިން ކޮންމެ އަހަރަކު މަތީ ފަންތީގެ ކޯޗުންނާ އެކު ބާއްވާ މި ބައްދަލުވުމުގައި ހުށަހެޅި މި ހުށަހެޅުން ރިވިއުކުރާނެ ކަމަށް ޔުއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޖިއޯޖިއޯ މާޗެއްޓީ ވިދާޅުވި އެވެ.

މީގެ އިތުރުން ކޯޗުން ވަނީ ޓްރާންސްފާ ބާޒާރު ބޮޑެތި ހުރިހާ ލީގެއްގައި އެއް ވަގުތެއްގައި ބަންދުކުރަން ހުށަހަޅައިފަ އެވެ. ސީޒަން ފެށުމުގެ ކުރިން އިނގިރޭސި ލީގާއި އިޓަލީ ލީގުގެ ޓްރާންސްފާ ބަންދުވި ނަމަވެސް ސްޕެއިން، ޖަރުމަން އަދި ފްރާންސްގައި ބަންދުވަނީ ސީޒަން ފެށޭ ފަހުންނެވެ. އެހެންވެ އިންގްލެންޑާއި އިޓަލީގައި އެއް ކްލަބުން އަނެއް ކްލަބަކަށް ކުޅުންތެރިންނަށް ބަދަލުނުވެވުނު ނަމަވެސް، އެހެން ލީގުތައް ފެށުމާ ހަމަޔަށް އެ ލީގަށް ކުޅުންތެރިން ޓްރާންސްފާ ކުރެވިދާނެ އެވެ. އެހެންވެ އިންގްލެންޑާއި އިޓަލީ ގޮތަށް އެހެން ގައުމުތަކުން ވެސް ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން ކޯޗުން އެދެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކޯޗުންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ހޯސޭ މޮރީނިއޯ އާއި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އާއި މިހާރުގެ ކޯޗު އުނާއި އެމެރީ އާއި ރެއާލް މެޑްރިޑުގެ ހުލެން ލޮޕެޓީގާއި ޔުވެންޓަސްގެ މަސިމިލިއާނޯ އެލެގްރީ އާއި ނަޕޯލީގެ ކާލޯ އަންޗެލޮޓީ އަދި ޕީއެސްޖީގެ ތޯމަސް ޓުޗެލް ހިމެނެ އެވެ.