އެމެޒޯން ވެސް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެއްޖެ
އެމެޒޯން ވެސް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެއްޖެ

އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނި ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ގައުމުގެ އެމެޒޯން ވެސް އެ ރޭހުން ޖާގަ ހޯދައިފި އެވެ.

އެމެޒޯން ވެސް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެއްޖެ
އެމެޒޯން ވެސް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެއްޖެ

ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށްވުމުން އެ ކުންފުނީގެ ހިއްސާގެ އަގު އެމެރިކާގެ ހިއްސާގެ ބާޒާރުގައި މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ. އެމެޒޯންގެ ހިއްސާއެއްގެ އަގު އަންގާރަ ދުވަހު އުޅުނީ 2،050.50 ޑޮލަރުގަ އެވެ.

މީގެ 24 އަހަރު ކުރިން ވުޖޫދަށް އައި އެމެޒޯންއަކީ އަމިއްލަ ކުންފުނިތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ފައިދާ ބޮޑު އެއް ކުންފުންޏެވެ. ވަކިން ހާއްސަކޮށް، އެމެޒޯން އިން އަންނަނީ އޮންލައިން ވިޔަފާރީފައި ވަރަށް ބޮޑު ނަފާއެއް ހޯދަމުންނެވެ. އެމެޒޯންއަކީ އަހަރަކު 178 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނަ ކުންފުންޏެކެވެ.

އެމެޒޯންގެ ތައްގަނޑާ އެކު ކުރާ ވިޔަފާރިތަކުގެ ތެރޭގައި ފިލްމާއި ސްޓްރީމިން ސާވިސް އާއި އޮންލައިން އީ-ބުކް ޕަބްލިޝިން އާއި އޮންލައިންކޮށް ބޮޑެތި އެތައް ވިޔަފާރިއެއް ހިންގުން ހިމެނެ އެވެ. އެ ކުންފުނީގެ ހިދުމަތް ދުނިޔޭގެ 200 އަށް ވުރެ ގިނަ ސިޓީތަކަށް ފޯރުކޮށް ދެ އެވެ.

އެމެޒޯން ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލުކޮށްލި އިރު، އެ ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ވެސް މެ އެވެ. އޭނާގެ މިލްކިއްޔާތު 164.7 ބިލިއަން ޑޮލަރަށް އަރަ އެވެ.