ބޭސް ސިޓީގައި ބޮޑެތި ބަސްތައް ނުލިޔަން އިނގިރޭސި ވިލާތުގެ ޑޮކްޓަރުންނަށް އިލްތިމާސެއް
ބޭސް ސިޓީގައި ބޮޑެތި ބަސްތައް ނުލިޔަން އިނގިރޭސި ވިލާތުގެ ޑޮކްޓަރުންނަށް އިލްތިމާސެއް

ޑޮކްޓަރުން ބޭސް ސިޓީ އާއި ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ލިޔުންތަކުގައި ޓެކްނިކަލް ބޮޑެތި ބަސްތައް ލިޔުމުގެ ބަދަލުގައި ގިނަ މީހުންނަށް އެނގޭނެހެން ސާފުކޮށް، ތިލަކޮށް ލިޔުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުންގެ ކިބައިން އެދެފި އެވެ.

އެކަޑަމީ އޮފް މެޑިކަލް ރޯޔަލް ކޮލެޖްސް އިން ބުނީ ބޭސް ސިޓީތަކުގައި، އާދައިގެ ބަސްތައް ލިޔުމުގެ ބަދަލުގައި މާ ބޮޑެތި ބަސްތައް ލިޔުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ބުނެފައި ލެޓިން ރަމްޒު އަކުރުތަކެއްގެ ގޮތުގައި "bd" ލިޔުމުގެ ބަދަލުގައި "ޓްވައިސް ޑެއިލީ" އޭ ލިޔުން މާ ރަނގަޅުވާނެ ކަމަށެވެ.

އޮޅުން ނުފިލާ ގޮތަށް ބޭސް ސިޓީ ލިޔެފައިވާ ނަމަ އެކަން އިސްލާހުކުރަން ހޮސްޕިޓަލުގައި އެދެން، މި މައްސަލަ ފާހަގަކުރި އެކަޑަމީން ބުންޏެވެ.

ހޮސްޕިޓަލްތަކުގެ އިތުރުން ކްލިނިކްތަކުން ވެސް ޑޮކްޓަރުން މިގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. ބޭސް ސިޓީ ލިޔަންވާނީ ސީދާ، ބަލި މީހާއަށް ރައްދުވާ ގޮތަށް ކަމަށާއި ދެ ވަނަ ފަރާތަކަށް ދޭ ލަފައެއްގެ ގޮތުގައި ވެސް ލިޔުން ރަނގަޅު ނޫން ކަމަށް ވަނީ ބުނެފަ އެވެ. އެއީ ތިން ވަނަ ފަރާތަކަށް ރައްދުވާ ގޮތަށް ލިޔަން އުޅެން ހަދައިގެން، ނުބައި ގޮތަކަށް މައުލޫމާތު ދޭހަވުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށް އެކަޑަމީން ބުންޏެވެ.

ލިޔުންތަކުގައި، ބޭކާރު ވާހަކަ ނުލިޔެ، ސީދާ މައްސަލައިގެ ވާހަކަ ލިޔުމަށް އިރުޝާދު ދެމުން ބުނެފައިވަނީ ހަކުރު ބަލީގެ މީހެކޭ (ޔޫ އާ ޑައެބެޓިކް) ބުނުމަށް ވުރެ، ހަކުރު ބަލި އެބަ ހުއްޓޭ (ޔޫ ހޭވާ ޑައެބެޓިކް) ބުނުން ރަނގަޅު ކަމަށެވެ.

ޑޮކްޓަރުންގެ ލިޔުންތަކުގައި މެޑިކަލް ނަންތައް ބޭނުން ނުކޮށް، އޭގެ ތަރުޖަމާ ލިޔަން ވެސް އެދިފައިވެ އެވެ. މިސާލަކަށް، ސީޒަގެ ބަދަލުގައި "ފިޓް" ކޮރޮނަރީގެ ބަދަލުގައި "ހާޓް" ޕީޑިއެޓްރިކްގެ ބަދަލުގައި "ޗިލްރެން" ލިޔުން މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ބުނެފައިވެ އެވެ.