ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ހީކުރި ވަރަށް ވުރެ ކާމިޔާބު
ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ހީކުރި ވަރަށް ވުރެ ކާމިޔާބު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ކަސްޓަމާ ސާވިސް އެކްސްޕޯރިއަންސް އެވޯޑަށް ލިބުނު ކާމިޔާބީ، ހީކުރި ވަރަށް ވުރެ ރަނގަޅު ކަމަށް އެ އެވޯޑު ތައާރަފްކުރި ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް (ސީއެކްސްއެފްއޯ) އިން ބުނެފި އެވެ.

ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ހީކުރި ވަރަށް ވުރެ ކާމިޔާބު
ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ހީކުރި ވަރަށް ވުރެ ކާމިޔާބު

ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ތައާރަފްކުރި ސީއެކްސްއެފްއޯ އިން ބުނީ އެވޯޑުތައް ހާސިލްކުރި ފަރާތްތަކުގެ ތެރެއިން، ބައެއް ފަރާތްތަކާ ބެހޭ ރިސާޗެއް ހެދުމަށް ނެޝަނަލް ޔުނިވާސިޓީން އެއްބަސްވެފައިވާ ކަމަށެވެ.

ސީއެކްސްއެފްއޯ އިން ބުނީ އެ އެވޯޑުތައް ދީފައި ވަނީ ކުރިން ކަނޑައަޅައި، އާއްމުކޮށްފައިވާ މިންގަނޑުތަކަކަށް ބައިނަލްއަގުވާމީ ފަނޑިޔާރުންގެ ޕެނަލަކުން މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ކަމަށެވެ. އަދި އެ އެވޯޑު ޕްރޮގްރާމްގެ އެންމެ މަގުސަދަކީ ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާއިން ކުންފުނިތަކާއި ވަކިވަކި ފަރުދުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަން ބަލައިގަތުން ކަމަށް ވެސް ފައުންޑޭޝަނުން ބުންޏެވެ.

ސީއެކްސްއެފްއޯއިން މިފަހަރު އެ އެވޯޑު ދިނީ ބިޒްނަސް އާއި ޕީޕަލް ކެޓަގަރީތަކުންނެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕަބްލިކް ސެކްޓާތައް ހިމެނެ އެވެ. އަދި އެންޕްލޯއީ އެންގޭޖްމަންޓް، ޑިޖިޓަލް އެކްސްޕީރިއަންސް، ޑިޖިޓަލް ސީއެކްސް އިނޮވޭޝަންގެ އިތުރުން ސީއެކްސް ޓްރެއިނިން ޕްރޮވައިޑާ އަށް އެވޯޑް ދީފައިވެ އެވެ.

މިފަހަރު ބިޒްނަސް އާއި ޕީޕަލް ކެޓަގަރީތަކުން ދިނީ 31 މީހަކަށެވެ.

ސީއެކްސްއެފްއޯ އިން އެ އެވޯޑުތައް ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ އެވޯޑު ހަފުލާގައި ފަނޑިޔާރުންދޭ ހާއްސަ އިނާމްގެ ގޮތުގައި ފަސް އެވޯޑަކާއި ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއް ވެސް ދީފައިވެ އެވެ. އަދި 25 ފަރާތަކަށް އެކި ދާއިރާތަކުން އެވޯޑު ދީފައިވެ އެވެ.

ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަރާތެއް ފާހަގަކޮށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ލިބިފައި ވަނީ ލަގްޒަރީ ޝޮޕިން ސެންޓަރުގެ ވެރިޔާ ހުސެއިން އިބްރާހިމްފުޅަށެވެ.

އަހަރުގެ އެންމެ ރަނގަޅު އެންޓަޕްރިނިއާ: އިބްރާހިމް ފާއިޒް (މެނޭޖިން ޑައިރެކްޓަރު/ ލިންކް ސާވް)
އަހަރުގެ އެންމެ ޒުވާން އެންޓަޕްރިނިއާ: މުހައްމަދު ޝަމްވީލް (ޗީފް އެގްޒެކްޓިވް އޮފިސަރު/ ޕްރޯ ޑިޒައިނާސް ޕްރައިވެޓް ލިމިޓެޑް)
އަހަރުގެ އެންމެ ޒުވާން އެންޓަޕްރިނިއާ: މައިޝަމް (ޗީފް އެގްޒެކްޓިވް އޮފިސަރު/ ރޮކް ޕޭޕާ ސިޒާ)
އަހަރުގެ އެންމެ ރަނގަޅު ކަސްޓަމާ އެކްސްޕީރިއަންސް ލީޑަރު: އަލީ ޝާކިރު (ރޫމް ޑިވިޝަން މެނޭޖަރު/ ހުޅުލޭ އައިލެންޑް ހޮޓެލް)
އަހަރުގެ އެންމެ ނަމޫނާ ލީޑަރު: އިބްރާހިމް ފަވާޒް (ސީނިއާ މެނޭޖަރު ކަސްޓަމާ އިންސްޓްލޭޝަން އެންޑް މެއިންޓެންސް އެންޑް ކޭބަލް ނެޓްވޯކްސް/ ދިރާގު)
އެންމެ ރަނގަޅު ކަސްޓަމާ ސެންޓަރިކް އޯގަނައިޒޭޝަން: ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އެންމެ ރަނގަޅު ވޮއިސް އޮފް ކަސްޓަމަރު ޕްރޮގްރާމް: އައިކެއާ ޕްރައިވެޓް ލިމިޓެޑް
އެންމެ ރަނގަޅު ޑިޖިޓަލް އެކްސްޕީރިއެންސް އެންޑް އީ ކޮމާސް: ޕަބްލިކް ސާވިސް މީޑިއާ
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި: ޖަސްޓް ފޯ މާކިން ޕްރައިވެޓް ލިމިޓެޑް
އަހަރުގެ އިނޮވޭޓިވް ވިޔަފާރި: އޫރިދޫ މޯލްޑިވްސް
އަހަރުގެ އެންމެ ރަނގަޅު އެންޕްލޯޔަރު: އެވިޑް ކޮލެޖް
އެންޕްލޯއީ އެންގޭޖްމެންޓް: މާލެ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ
އަހަރުގެ އެންމެ ރަނގަޅު މެނޭޖްމަންޓް ޓީމް: ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން
ސޯޝަލް ރެސްޕޮންސިބިލިޓީ އެންޑް އެންވަރަންމެންޓް އެވާނެސް: އަދާރަން ރިސޯޓްސް މޯލްޑިވްސް
ސޯޝަލް ރެސްޕޯންސިބިލިޓީ އެންޑް އެންވަރަންމެންޓް އެވާނެސް: ދިރާގު
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ޓްރާންސްޕޯޓް): ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ޓްރެވަލް، ޓޫރިޒަމް، ހޮސްޕިޓަލިޓީ): ސިޓީ ހޮޓެލްސް އެންޑް ގެސްޓް ހައުސް/ ހުޅުލޭ އައިލެންޑް ހޮޓެލް
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ލެޝާ، އެންޓަޓައިންމެންޓް): ޕަބްލިކް ސާވިސް މީޑިއާ
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ވެލްބީން، ހެލްތް): އައިކެއާ ޕްރައިވެޓް ލިމިޓެޑް
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (އެނާޖީ): މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ޕްރޮސެސިން، މެނުޕެކްޗަރިން): އެންސިސް ޕިޝަރީޒް
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ސްމާޓް ޓެކްނޮލޮޖީ، ސޮޕްޓްވެއާ): ޕްރޯ ޑިޒައިނާސް

އަހަރުގެ އެންމެ ރަނގަޅު ސީއެކްސް ލީޑަރު: އިބްރާހިމް އަބްދުއް ރައްޒާގު (ސީއީއޯ/ މޯލްޑިވްސް ޕޯޓް ލިމިޓެޑް)
އަހަރުގެ އެންމެ ނަމޫނާ ލީޑަރު: އިބްރާހިމް ހަލީލް (މެނޭޖިން ޑިރެކްޓަރު/ ޕީއެސްއެމް)
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ޓްރާންސްޕޯޓް): އޭޝިއަން ފޮވާޑިން
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ޕްރޮސެސިން، މެނުޕެކްޗަރިން): ފިޝް ޕްރޮސެސިން ޔޫރޯ ގްލޯބަލް
އަހަރުގެ އެންމެ ރަނގަޅު ވިޔަފާރި (ސްމާޓް ޓެކްނޮލޮޖީ، ސްޕްޓްވެއާ): ސިސްޓަމް ސޮލިއުޝަން