ރޮކެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވިލަމެންދޫ ރިސޯޓް ކައިރިން ފެނިއްޖެ
ރޮކެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވިލަމެންދޫ ރިސޯޓް ކައިރިން ފެނިއްޖެ

ރޮކެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރި އަށް ލައްގާފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިހާރު އަންނަނީ ރިސޯޓް ކައިރިން ފެނުނީ ކޯއްޗެއްތޯ ބަލަމުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަ އަދުނާން މުހައްމަދު ވިދާޅުވީ ރިސޯޓް ކައިރިން ފެނުނީ ކޯއްޗެއް ކަމެއް އަދި ނޭނގޭ ކަމަށެވެ. އެމްއެންޑީއެފްގެ ޓީމެއް އެތަނުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި އޭތި ބޮޑަށް ބެލެވެނީ ރޮކެޓެއްގެ ފަހަތުބައާ އެވެ.

މީގެ ކުރިން ވެސް މިފަދަ "ގޮތް ނޭގޭ" އެއްޗެހިތައް ރާއްޖޭގެ އެކި ރަށްތަކަށް ލައްގާފައިވެ އެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން އެ އެއްޗެހި ބެލުމަށް ފަހު މައުލޫމާތު ހާމަކުރަނީ މަދު ފަހަރެއްގަ އެވެ.