ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ: ޚާމަނާއީ
ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ: ޚާމަނާއީ

ތެހެރާން (ސެޕްޓެމްބަރު 3) - ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ ނަމަވެސް އީރާނުން އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގޮވާލައްވައިފި އެވެ.

އީރާނުން ހޮނިހިރު ދުވަހު ވަނީ މިސައިލްގެ ގާބިލްކަން އިތުރުކޮށް އެންމެ ފަހުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓު ހޯދާނެކަން އިއުލާންކޮށްފަ އެވެ. އީރާނުން މިކަން އިއުލާން ކުރި އިރު އެމެރިކާއާ އެކު ވަނީ މަޝްރަހު ހޫނުވެފަ އެވެ.

"ސިޔާސީ ގޮތުން ކަލްކިއުލޭޝަންތައް ހެއްދެވުމަށް ފަހު ޚާމަނާއީ ވިދާޅުވެފައި ވަނީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ ކަމަށް. އެކަމަކު އީރާނުގެ ލަޝްކަރު އަބަދުވެސް ތައްޔާރަށް އޮތުމަށާއި އަސްކަރީ ގޮތުން ގާބިލްކަން އިތުރު ކުރުމަށް ގޮވާލެއްވި،" ޚާމަނާއީއާ ހަވާލާދީ އޭނާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެ ގައުމާ ދެކޮޅަށް މިހާރު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ ވެ. އެމެރިކާ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އީރާނުން ވަނީ ބައިނަލްއަގުވާމީ ކޯޓަށް ގެންގޮސްފަ އެވެ.

އީރާނުން އުފެއްދި ހަނގުރާމަ މަތީ ބޯޓެއް މިދިޔަ މަހު ވަނީ ދައްކާލައިފަ އެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ އީރާނުން އަސްކަރީ ގާބިލްކަން ހޯދަނީ ދުޝްމަނުންގެ ބިރުތަކާ ކުރިމަތިލާން ކަމަށެވެ.