އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި
އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި

މާލީ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެ ފައިނޭންޝަލް ޕްލެޓްފޯމް ހެދި ކައުރީން އުރީދޫގެ ނިރު ހެކަތަން ކާމިޔާބުކޮށް، އިތުރު ތިން ޓީމަކާއި އެކު ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޯލްޑަން ޓިކެޓް ހޯދައިފި އެވެ.

އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި
އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވަނީ މާލީ ކަންކަމާ ބެހޭ ސުވާލުތަކަށް ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް އުފެއްދި ކައުރީ އާއި ފަސޭހަކަމާ އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް ހެދި ކުނބު އާއި ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް ހެދި ޖަވާބު އެކެޑެމީ އަދި އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއިޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް ހެދި ފްލޯބޯ އެވެ.

އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި
އުރީދޫގެ އެކްސެލެރޭޓާ ޕްރޮގްރާމަށް ހަތަރު ޓީމެއް ހޮވައިފި

ނިރު އެކްސެލެރޭޓަރަކީ މުޖުތަމައަށް މަންފާވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވެވެނީ، އުރީދޫ އާއި ޑައިލޮގް އެކްޒިއާޓާގެ އައިޑިއާމާޓް ގުޅިގެން ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށް ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ ނިރު އެކްސެލެރޭޓަރަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށޭނަ ޕްލެޓްފޯމެއް ކަމަށެވެ. އަދި އެކްސެލެރޭޓަރަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިން އާއި 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމަކާއި މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސްއަކާއި ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ތަޖުރިބާކާރުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ހަމަ އެހެންމެ، ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހު ވެސް، ދިގު މުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އެ ކުންފުނިން ނިރު ފަށާފައި ވަނީ ރާއްޖޭގައި ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެ، ބައިނަލްއަގުވާމީ ޑިޖިޓަލް ރިވޮލިއުޝަންގައި ބައިވެރިވުމަށް ދިވެހިންނަށް އެހީތެރިވެދީ، ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ. އަދި ދެ ދުވަހު ކުރިއަށް ގެންދިޔަ ނިރު ހެކަތަންގައި ވެސް ދިވެހި ޑެވެލޮޕަރުންނާއި އެންޓަޕްރިނިއަރުންގެ ކުޅަދާނަކަން ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނިރު އެކްސެލެރޭޓާ މެދުވެރިކޮށް މި ޓީމްތަކުގެ ސްޓާޓް-އަޕް ވިޔަފާރިތައް ބިނާ ކުރުމަށް ބޭނުންވާ ޓޫލްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީތެރިކަން ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ނަޖީބް ޚާން ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންފިޔަ ފޯރިގަދަ، 24 ގަޑިއިރުގެ ހެކަތަންގައި ހަ ޓީމެއް ބައިވެރިވެ، ޑިޖިޓަލް ވިޔަފާރިތަކުގެ ކޮންސެޕްޓް ހުށަހަޅާފައިވެ އެވެ. އެ ޓީމްތަކުގެ ވިޔަފާރީގެ ހިޔާލުތައް އިތުރަށް ފައްކާކޮށް، ޕްރޮޓޯޓައިޕް ހެދުމުގައި އުރީދޫ، އައިޑިއާމާޓް އަދި އެލައިޑްގެ މެންޓަރުންގެ އެހީ ފޯރުކޮށްދީފައިވެ އެވެ.

އުރީދޫން ބުނީ ހެކަތަންގައި ބައިވެރިވި ޓީމް ތަކުން، އެކްސެލެރޭޓާގައި ބައިވެރިވުމަށް ޓީމްތައް ހޮވާފައިވަނީ ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ކޮމިޓީއަކުން ކަމަށެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުންދިނުމަށް، ނިރު އެކްސެލެރޭޓާ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެ އެވެ.