ޖައްސަނިކޮށް އަލިފާން ރޯވި ބޯޓުން އެންމެން ސަލާމަތްވި
ޖައްސަނިކޮށް އަލިފާން ރޯވި ބޯޓުން އެންމެން ސަލާމަތްވި

ސޮޗީ (ސެޕްޓެމްބަރު 1) - ޖައްސަން އުޅެނިކޮށް ރަންވޭ މަތިން ކަހައިގެން ގޮސް އަލިފާން ރޯވި ރަޝިޔާގެ ޕަސިންޖާ މަތިންދާ ބޯޓުން އެންމެން ސަލާމަތްވި ކަމަށް އޮފިޝަލުން ބުނެފި އެވެ.

އުޓެއިއާ އެއާލައިންގެ ބޯއިން 737-800 ޖެޓުން 164 މީހުންނާއި ހަ ފަޅުވެރިން ދަތުރު ކުރި އެވެ. މި ހާދިސާގައި ވަނީ 18 މީހަކު ޒަޚަމްވެފަ އެވެ. ބޯޓު ދަތުރު ކުރީ ވެރިރަށް މޮސްކޯ އިން ސޮޗީ އަށެވެ.

ޒަޚަމްވި ބައެއް މީހުންގެ ހަށިގަނޑުން ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އަދި އަނެއް ބަޔަކު ވަނީ ކާބަން މޮނޮކްސައިޑް ނުވަތަ ދުން އެރުމުން ހާސްވެފަ އެވެ. ސޮޗީ އެއާޕޯޓުގެ ތަރުޖަމާނަކު ވިދާޅުވީ މީހުން ސަލާމަތް ކުރުމުގައި އުޅުނު އެއާޕޯޓުގެ އޮފިޝަލަކަށް ވަނީ ހާޓް އެޓޭކެއް ޖެހިފައި ކަމަށެވެ.

ރަޝިިޔާގެ މީޑިއާތަކުން ބުނެފައި ވަނީ ބޯޓު ޖެއްސި އިރު ދިޔައީ ބޯކޮށް ވާރޭ ވެހެމުން ކަމަށެވެ. އަދި އެ ވަގުތު ވަރަށް ވައި ގަދަ ކަމަށް ވެސް ބުނެފައިވެ އެވެ.