26 މެއި 2016 - 06:38

ހޫނު މޫސުމުގައި ބޭރަށް ނުކުމެލައިފި ނަމަ މުޅި މީހާ ދާހިއްލާ ފޯވެ އެވެ. ކޮންމެ ކަހަލަ މޭކަޕެއް ކުރިޔަސް އިރުކޮޅަކުން މޭކަޕް ހަޑިވެ އެވެ.

ނަމަވެސް އެއްގޮތަކަށް ވެސް މޭކަޕް ނުކޮށް ބޭރަށް ނުކުންނަން ބޭނުންނުވާ އަންހެނުން މިހާރު ވަރަށް ގިނަ އެވެ. އެންމެ ކުޑަމިނުން ލިޕްސްޓިކް ކޮޅެއް ޖައްސާނުލައި ބޭރަށްދާ މީހުން މިހާރު ވަރަށް މަދެވެ. ނަމަވެސް ހޫނު މޫސުމޭ ކިޔާފައި އެމީހަކު އެ ބޭނުންކުރާ ލިޕްސްޓިކެއް އެއްލާލުމަކީ ވެސް ގިނަ އަންހެންކުދިން ބޭނުންވާނެ ގޮތެއް ނޫނެވެ.

ހަންގަނޑު އެހާ ދޮން ނޫން ނަމަ، ވަރަށް ގިނަ ފަހަރަށް ހޫނު މޫސުމުގައި ބޭނުންކުރަނީ އަލި ކުލަތަކުގެ ލިޕްސްޓިކެވެ. ނަމަވެސް މިފަދަ މީހުންނަށް އެންމެ ރަނގަޅުވާނީ ރަތްކުލައިގެ ޝޭޑްތަކާއި ކޮރަލް އެވެ.
ދޮން މީހުންނަށް ކޮންމެ ކުލައެއްގެ ލިޕްސްޓިކް ޖެއްސިއަސް ގުޅޭނެ އެވެ. ނަމަވެސް އެންމެ ރަނގަޅުވާނީ ހަމުގެ އުޖާލާކަން އިތުރުކޮށްދޭ ކަހަލަ އަލިގަދަ ކުލައެކެވެ.

1. އޮމްބްރޭ – ގައިގައި ހުންނަނީ ބްރޯންޒް ކުލައިގެ ހަމެއް ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ މިކުލައިން ތުންފަތުގެ ރީތިކަން އިތުރުކޮށްލާށެވެ. ސިފައަށް ތަފާތު ބަދަލުތައް ގެނެސް އެކްސްޕެރިމެންޓް ކުރަން ބޭނުން މީހުންނަށް މިއީ ރީތި ކުލައެކެވެ.
2. ކޮރަލް: އަންހެންކުދިން މި ކުލަތަކަށް ވަރަށް ލޯބިކުރެ އެވެ. ސަބަބަކި ކޮންމެ ކުލައެއްގެ ހަމާ ވެސް ގުޅޭތީ އެވެ. ހޫނު މޫސުމަށް ވަރަށް ފުރިހަމަ ކުލައެއްގެ ލިޕްސްޓިކް ހޯދަން ޚިޔާލުކުރާ ނަމަ މިއީ ރަނގަޅު ހޮވުމެކެވެ. ހަމުގައި ހުރީ ތަންކޮޅެއް ކޫލް ޓޯން އެއް ނަމަ ކޮރަލްގެ ފިޔާތޮށި ޝޭޑްތައް ރަނގަޅުވާނެ އެވެ. ތަންކޮޅެއް ހޫނު ސްކިން ޓޯން އެއް ނަމަ އޮރެންޖާ ގުޅޭ ވައްތަރުތަކުގެ ކޮރަލް ކުލަތައް ރަނގަޅުވާނެ އެވެ.
3. އިލެކްޓްރިކް ފޫޝިއާ: މި ލޯބި ކުލައަކީ ހޫނު މޫސުމުގައި ބޭނުންކުރާ ލިޕްސްޓިކްތަކުގެ ތެރޭގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ކުލައެކެވެ. ޕާޓީއަކަށް ވަންނައިރު ގިނަ ބަޔެއްގެ ނަޒަރު އަމާޒްވާން ބޭނުން ނަމަ މި ކުލަ ޖައްސާލާށެވެ. މި ކުލަ ތުންފަތުގައި ޖައްސާނަމަ ލޮލުގައި އަނދުން ނާޅާ ބެހެއްޓުމުން ރީތިވާނެ އެވެ. ޕާޓީގެ ތަރިއަކީ ތިއީކަމުގެ ގެރެންޓީ ދެމެވެ.
4. މެޖެންޓާ: މިއީ ހުރިހާ އުމުރަކަށް ވެސް ކަމުދާނެ ވައްތަރެކެވެ. ހޫނު މޫސުމުގައި މަޖެންޓާ ކުލަ ޖެއްސުމުން ލިބޭ އަނެއް ފައިދާއަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވަރަށް ގުޅޭ ކުލއަކަށް ވުމެވެ. ހުރިހާ ޓޮޕް ބްރޭންޑެއްގެ ވެސް މި ކުލަ ލިބޭނެ އެވެ. މީގެ ކަލެކްޝަނެއް ހޯދާފައި ބެހެއްޓުމަކީ ޒީނަތްތެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެކެވެ.
5. އޮރެންޖް: ލިޕްސްޓިކްގެ ދުނިޔެއަށް މުޅިން އަލަށް ތައާރަފްވެގެން އުޅޭ މި އާ ކުލަ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ އަންހެނުންގެ ހިތްތައް އަތުލާފައިވާ ކުލައެކެވެ. ހޫނު މޫސުމުގައި އަޅާ ކޮންމެ ހެދުމަކާ ވެސް މި ވައްތަރު ލިޕްސްޓިކް ގުޅޭނެ އެވެ.
6. ދަނބުކުލަ: ވަރަށް ގިނަ މީހުން ދަނބުކުލަ ނުޖައްސަ އެވެ. މާ ގަދަ ކުލައަކަށް ވާތީ އެވެ. ނަމަވެސް މި ކުލައިން ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. ވަރަށް ދޮން ކުދިން ޕާޕްލް ލިޕްސްޓިކް ޖައްސާލުމުން ވަރަށް ރީތިވާނެ އެވެ. މިއީ މި މޫސުމާ އެންމެ ގުޅޭ އެއް ކުލަ އެވެ.
7. ކާނޭޝަން ޕިންކް: ބޭނުންވަނީ ކޮންކަހަލަ ތުންފަތެއް ހެއްޔެވެ؟ ފުލްކޮށް ފިޔާތޮށިކޮށް ހުންނަ ތުންފަތެއް ހެއްޔެވެ؟ މިކުލައަކީ އެފަދަ ގޮތަކަށް ތުންފަތް ބަހައްޓަން ބޭނުންވާ މީހުން ބޭނުންކޮށްލަން ރަނގަޅު ކުލައެކެވެ. ތިއީ ޓީންއޭޖް ޒުވާނެއް ނަމަ މި ކުލަ ޖައްސާލުމުން ރީތިކަން އިތުރުވެގެން ދާނެ އެވެ.
8. ބްރިކް ރެޑް: ހޫނު މޫސުމަކަސް ރަތްކުލަ ޖައްސަން ބިރުނުގަންނާށެވެ. ތުންފަތާ އެންމެ ގުޅޭ އެއް ކުލައަކީ ރަތްކުލަ އެވެ. ރަތްކުލަ ވަރުގެ ކުލައެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. ބްރިކް ރެޑް އަކީ ދޮން ނޫން މީހުންނާ ވަރަށް ގުޅޭނެ ކުލައެކެވެ. ހިންދީ ފިލްމީ ބަތަލާ ބިޕާޝާ ބާސޫ ވަރަށް ގިނައިން މިކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުރެ އެވެ.
9. ޕްލަމް: އެހެން އެކުވެރިން ތިމާގެ ތުންފަތުގެ ކުލަ ރީތިކަމުން ހަސަދަވެރިވާން ބޭނުން ހެއްޔެވެ؟ އެހެން މީހުންގެ ޚިޔާލަށް ނާންނަ ކަމެއް ކޮށްލާށެވެ. ޕްލަމްއަކީ ދޮން މީހުންގެ ތުންފަތުގައި ޖައްސަން ވަރަށް ރީތި ކުލައެކެވެ.
10. ޑަސްޓީ ރޯސް: ހޫނު މޫސުމާ ގުޅޭ ލިޕްސްޓިކް ކަލެކްޝަންގެ އެންމެ ފަހު ކުލައަކީ މިއީ އެވެ. މިއީ މި ދުވަސްވަރަށް ހޯދޭނެ އެންމެ ބަރާބަރު ކުލަ އެވެ. މާ ގަދަ ކުލަތައް ޖައްސަން ބޭނުން ނުވާނަމަ މި ކުލަ ރަނގަޅުވާނެ އެވެ. މި ކުލަ ޖައްސާލުމުން ވަރަށް ނެޗުރަލް ގޮތެއް ހުރެފައި ހުރިހާ ބާވަތެއްގެ ހަމަކާ ވެސް ގުޅޭނެ އެވެ.