30 އޯގަސްޓް 2018 - 23:33

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވާލާނީ އަންނަ ހޯމަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވާލާނީ މިރޭ ނޫން ކަމަށެވެ.
ހައުސިން މިނިސްޓްރީން އެހެން ބުނިއިރު، ސިނަމާލެ ބްރިޖް ހުޅުވުމުގެ ހަފުލާ ބޭއްވުމަށް ބޮޑުތަކުރުފާނު މަގަށް ވަނުމަށް ބައެއް ވެހިކަލްތައް ވަނުމަށް ހުޅުވާލި އެވެ.
ބްރިޖަށް ދަތުރުކުރަން ބޮޑު ތަކުރުފާނު މަގުން ފުޅާ ކުރަން ހަމަޖެއްސި ސަރަހައްދުގައި ތާރު އަޅައި ނިންމީ މިއަދު އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ތާރު އެޅި އިރު، އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ވަނީ ފުޅާ ކޮށްފަ އެވެ. އެ މަގު ފުޅާކުރަނީ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑު ތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.