ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ޕެޑްމޭން" އާއި "ސަންޖޫ" އަދި "ވީރޭދީ ވެޑިން" އަށް ފަހު، ސޯނަމް ކަޕޫރް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ ފެބްރުއަރީ، 1 އަށް ތާވަލުކޮށްފައިވާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި ފިލްމަކީ ކުރިން އަންނަ އޮކްޓޯބަރު މަހުގެ 12 އަށް ތާވަލު ކުރި ފިލްމެކެވެ. އެކަމަކު ފަހުން ވަނީ ފިލްމް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ޝެލީ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ހާއްސަވާ އެއް ސަބަބަކީ ސޯނަމް ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަނިކް ކަޕޫރާ އެކު ފެނިގެންދާނެތީ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއި ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޯނަމް މިހާރު އަންނަނީ "ޒޯޔާ ފެކްޓާ" ޝޫޓް ކުރަމުންނެވެ. މި ފިލްމަކީ އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި 2008 ގައި ލިޔުނު ވާހަކަ އަށް ބިނާކޮށް އަބީޝެކް ޝަރްމާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގައި ސޯނަމްއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ މަލަޔާޅަމް އެކްޓަރު ދަލްގޫރް ސަލްމާނެވެ.

އަދި "ޒޯޔާ ފެކްޓާ" ގެ ކާސްޓުންގެ ތެރޭގައި ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރާއި ސިކަންދަރް ކޭރް ހިމެނެ އެވެ. ސަންޖޭ ކުޅެނީ ސޯނަމްގެ ބައްޕަގެ ރޯލެވެ. އަދި ސިކަންދަރް ފެނިގެން ދާނީ ސޯނަމްގެ ބޭބެގެ ރޯލުންނެވެ. މި ފިލްމަށް ސޯނަމް ވަނީ ބޯ ވެސް ބުޅިކޮށްފަ އެވެ.

"ޒޯޔާ ފެކްޓާ" ސިނަމާތަކަށް އަންނާނީ އެޕްރީލް، 5، 2019 ގަ އެވެ.

ހެންސަލް މެހެތާ ޑައިރެކްޓް ކުރާ ފިލްމަކަށް އަޖޭ ދޭވްގަން ސޮއިކޮށްފި އެވެ. ހެންސެލް އެންމެ ފަހުން ގެނެސް ދިނީ މި އަހަރުގެ މެއިގައި ރިލީޒް ކުރި ރާޖްކުމާރް ރާއޯގެ "އޮމެރްތާ" އެވެ. އަޖޭ ސޮއި ކުރި ފިލްމަކީ ލަވް ރަންޖަން އާއި އަޖޭ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް، މިއީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވެ އެވެ. ހެންސަލްއަކީ އާންމުކޮށް ސީރިއަސް ފިލްމްތައް ގެނެސްދޭ ޑައިރެކްޓަރެކެވެ. އޭނާ މިހާރު އަންނަނީ މީގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންނެވެ.

ލަވް ރަންޖަން ޑައިރެކްޓް ކުރާ ފިލްމަކަށް އަޖޭ ކުރިން ސޮއިކޮށްފައިވާ އިރު، އޭނާ ޕްރޮޑިއުސްކޮށް، އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރް ދޭ" އިން ވެސް އަޖޭ ފެނިގެން ދާނެ އެވެ. ކުރިން އަންނަ އޮކްޓޯބަރުގައި ރިލީޒް ކުރަން އޮތް އެ ފިލްމް މިހާރު ވަނީ ފެބްރުއަރީ، 22، 2019 އަށް ފަސްކޮށްފަ އެވެ.

ތެލެގޫ ފިލްމް "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ޝޫޓިން އަންނަ މަހު ފަށަން ޝާހިދު ކަޕޫރް ތައްޔާރުވަމުން އަންނަ އިރު، އޭނާ ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ. މި ފިލްމަކީ އަކްޝޭ ކުމާރްގެ "އެއާލިފްޓް" ގެނެސް ދިން ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓް ކުރާ ފިލްމެކެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމްގައި ޝާހިދު ފެނިގެން ދާނީ މަނިޕޫރަށް އުފަން ކުރީގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ޑިންގްކޯ ސިންގްގެ ރޯލުންނެވެ.

އޭނާއަކީ އޭޝިއަމް ގޭމްސްގެ ބެންޓަމްވެއިޓް ކެޓަގަރީން އިންޑިއާ އަށް މިހާތަނަށް ހަމައެކަނި ރަން މެޑެލް ގެނެސް ދިން ޝަހުސިއްޔަތެވެ. ރާޖާގެ ފިލްމްގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.