އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި
އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި

އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ ކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި
އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި

ޔޫއެންޑީޕީ އަދި އުރީދޫ އާއި ގުޅިގެން ކުރިޔަށްގެންދާ މިޕްރޮގްރާމް އިފްތިތާހުކުރީ، ބ.މާޅޮހުގައި ގާއިމްކުރި އެންމެ ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި
އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފުކޮށްފި

އެލައިޑުން ބުނީ އެކުންފުނީގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ދަށުން މާޅޮހު ތައުލީމީ މަރުކަޒުގައި ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުވި ސެންޓަރުން ތަފާތު ދާއިރާތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކި އުމުރުގެ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދޭން ހަމަޖެހިފައިވަނީ ޔޫއެންޑީޕީގެ އިލްމީ އަދި ފަންނީ ތަޖުރިބާކާރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ސެންޓަރަށް ބޭނުންވާ އިންޓަނެޓް ދޭނީ އުރީދޫއިން އެވެ.

މާޅޮސް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ އަންޑަ ރައިޓިން މެނޭޖަރު އަހުމަދު ޝާބިގް ވިދާޅުވީ މިއީ ރަަށުގައި ހުރެގެން ވެސް ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހެއްގެ ހުނަރު ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަރުވައި، ތަރައްގީކުރުމަށް އެހީތެރިވެދިނުމަށް ފެއްޓެވި މަޝްރޫއުއެއް ކަމަށެވެ. އެގޮތުން ރަށުގައި ލިބެން ނެތް ވަސީލަތްތައް ފާހަގަކޮށް އެފަދަ ފުރުސަަތުތަކަށް މަގުފަހިކޮށްދީ، މަސައްކަތްތެރިން ބާރުވެރިކޮށްދިނުމުގެ މަގުސަދުގައި ހިންގާ މި މަޝްރޫއުގައި ޔޫއެންޑީޕީ، އުރީދޫ އަދި މާޅޮސް ކައުންސިލް އިދާރާއިން ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާބިގް ވިދާޅުވީ އާންމުންގެ ތަރުހީބޭ މިންވަރަކުން މުސްތަގުބަލުގައި ވެސް އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި އެފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް މުހައްމަދު ނިޔާޒު ވިދާޅުވީ އެލައިޑުން ފަށާފައިވާ ކޮމިއުނިޓީ ޑެވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު އުރީދޫއަށް ލިބުނުކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާ މިއަދުގެ ދުނިޔޭގައި، މަސައްކަތުގެ މާހައުލަށް މިފަދަ އުކުޅުތައް އެނގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެލައިޑްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި އާންމުން ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫން ވަނީ އެ ސެންޓަރުން ތަމްރީނުވާ ކުދިންނަށް މަސައްކަތުގެ މާހައުލުން ހަގީގީ ތަޖުރިބާ ހޯދުމަށް އިންޓާންޝިޕް ފުރުސަތުތައް ވެސް ފަހިކޮށްދޭނެ ކަމަށެވެ.