500 އާއި 1،000 ރުޕީސް ހުއްޓުވުމުގެ ފައިދާއެއް ނުކުރި: ބޭންކް
500 އާއި 1،000 ރުޕީސް ހުއްޓުވުމުގެ ފައިދާއެއް ނުކުރި: ބޭންކް

ނިއު ދިއްލީ (އޮގަސްޓް 31) - އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް ޑިސެމްބަރު 8، 2016 އިން ފެށިގެން ހުއްޓުވި ނަމަވެސް އެކަމުގެ ފައިދާކޮށްފައި ނުވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ބޮޑު އަދަދުތަކުގެ ނޫޓުތައް މަނާކުރީ ގަވާއިދާ ޚިލާފަށް ގެންގުޅޭ "ކަޅު ފައިސާ" ހުއްޓުވުމަށެވެ. ފައިސާގެ ބޮޑެތި ނޫޓްތައް މަރުކަޒީ ބޭންކަށް ހަވާލު ކުރަން ދިން މުހުލަތުގައި ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. އެހެންވެ ބޮޑެތި އަދަދުތަކުގެ ނޫޓުތައް ހުއްޓުވުމަކީ އިންޑިއާ ސަރުކާރުން ކުރި ބޭކާރު ކަމެއް ކަމަށް މަރުކަޒީ ބޭންކުގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ފައިސާގެ ބޮޑެތި ނޫޓްތައް ހަވާލު ކުރަން ދިން މުހުލަތުގައި 216.7 ބިލިއަން ޑޮލަރަށް ވާވަރުގެ އިންޑިއަން ރުޕީސް ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ 500 އާއި 1،000 ރުޕީސްގެ ސާކިއުލޭޝަންގެ 99.3 ޕަސެންޓް ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ. ރުޕީސްގެ 500 އާއި 1،000 ގެ ނޫޓަކީ އިންޑިއާގެ ކަރެންސީ ސާކިއުލޭޝަންގެ 86 ޕަސެންޓެވެ.