ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ
ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ

ތެހެރާން (އޮގަސްޓް 30) - މަގްސަދު ހާސިލް ނުވާ ނަމަ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް އީރާން އޮތީ ތަައްޔާރަށް ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ
ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ

"ނިއުކްލިއާ އެއްބަސްވުމުން އީރާނަށް އެއްވެސް ނަތީޖާއެއް ހާސިލް ނުވާ ކަމަށް އީރާނުގެ ވެރިންނަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އެ އެއްބަސްވުމުން ވަކިވާނަން،" ކެބިނެޓާ އެކު ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވި އެވެ.

ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ
ނިއުކްލިއާ އެއްބަސްވުމުން ވަކިވާން އީރާން ތައްޔާރު: ޚާމަނާއީ

ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން މެއި މަހު އެމެރިކާ ވަކިވުމަށް ފަހު އީރާނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ ބޭރުގެ ކުންފުނިތަކުން އީރާނުގައި ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ރޫހާނީގެ ސިޔާސީ ވާދަވެރިން ގެންދަނީ ކެބިނެޓުން ފަހަރަކު ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަމުންނެވެ. އިކޮނޮމިކް މިނިސްޓަރާއި ލޭބާ މިނިސްޓަރު ވަކިކޮށްފައިވާ އިރު އިންޑަސްޓްރީ މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު ވަކިކުރަން މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ޚާމަނާއީ ވިދާޅުވީ ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރެސީ ވަރުގަދަވުމުގެ ނިޝާނެއް ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން ޕާލަމެންޓުގައި ރޫހާނީ އަށް ކުރިމަތިކުރުވި އުނދަގޫ ސުވާލުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ޚާމަނާއީ ވަނީ އީރާނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.