29 އޯގަސްޓް 2018 - 17:47

ވޮޝިންޓަން (އޮގަސްޓް 29) - މަޝްހޫރު ބިލިއަނަރު ވޮރެން ބުފޭ އަކީ ޓްވިޓާގައި އެކްޓިވް ބޭފުޅެއް ނޫނެވެ. އެކަމަކު ފޭކް ވޮރެން ބުފޭއެއް ޓްވިޓާ އަށް ވަދެ އެތައް ބަޔަކު މޮޔަ ހައްދާލައިފި އެވެ.
އުމުރުން 78 އަހަރުގެ އެމެރިކާގެ އިންވެސްޓަރުގެ ނަމާ އެއްގޮތް ޓްވިޓާ އެކައުންޓަކުން މީހަކު ހޮނިހިރު ދުވަހު ކުރި ފުރަތަމަ ޓްވީޓަށް ވެސް ވަނީ ތިން ލައްކަ އަށް ވުރެ ގިނަ ލައިކް ލިބިފަ އެވެ. އޭގެ ފަހުން ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ލައިކް ލިބިފައިވެ އެވެ.
އަސްލު ވޮރެން ބުފޭ އަދި ބާކްޝަޔާގެ ސީއީއޯ 2016 ވަނަ އަހަރުގެ ފަހުން ޓްވީޓެއް ނުކުރައްވަ އެވެ.
ވޮރެން ބުފޭގެ ފޭކް އެކައުންޓަކީ އަސްލެއް ނޫން ކަމުގެ އެތައް ނިޝާނެއް ވެސް ފެންނަން ހުއްޓެވެ. ފުރަތަމަ ކަމަކީ އެއީ ޓްވިޓާ އިން ވެރިފައި ކޮށްފައިވާ އެކައުންޓެއް ނޫނެވެ. އެ ކައުންޓުން ފުރަތަމަ ޓްވީޓެއް ކޮށްފައި ވަނީ އޮގަސްޓް 25 ގަ އެވެ. ފޭކް އެކައުންޓުގައި ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުގެ ނަން ލިޔެފައި ވަނީ ނުބައިކޮށެވެ.