ފިނި ހަނގުރާމައިގެ ފަހުން ރަޝިޔާ އިން ބާއްވާ ހަނގުރާމައިގެ އެންމެ ބޮޑު ތަމްރީނުތައް ފަށަނީ
ފިނި ހަނގުރާމައިގެ ފަހުން ރަޝިޔާ އިން ބާއްވާ ހަނގުރާމައިގެ އެންމެ ބޮޑު ތަމްރީނުތައް ފަށަނީ

މޮސްކޯ (އޮގަސްޓް 29) - ވޭތުވެދިޔަ ސާޅީހަކަށް އަހަރު ތެރޭ ރަޝިޔާ އިން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.

ފިނި ހަނގުރާމައިގެ ފަހުން ރަޝިޔާ އިން ބާއްވާ ހަނގުރާމައިގެ އެންމެ ބޮޑު ތަމްރީނުތައް ފަށަނީ
ފިނި ހަނގުރާމައިގެ ފަހުން ރަޝިޔާ އިން ބާއްވާ ހަނގުރާމައިގެ އެންމެ ބޮޑު ތަމްރީނުތައް ފަށަނީ

ސެޕްޓެމްބަރު 11-15 އަށް ބާއްވާ ތަމްރީނުތަކުގައި ޗައިނާ އާއި މޮންގޯލިއާ ސިފައިންނާ އެކު 300،000 ސިފައިން ބައިވެރިވާނެ އެވެ. އަދި 1،000 އަސްކަރީ މަތިންދާ ބޯޓާއި ރަޝިޔާގެ ކަނޑުމަތީ ދެ ފްލީޓް ބައިވެރިވާނެ ކަމަށް ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވި އެވެ.

"ޓޭންކާއި އާމާޑް ޕާސަނަލް ކެރިއާ، އިންފޭންޓްރީ ފައިޓިން ވެހިކަލްތައް ހިމެނޭ ގޮތަށް އަސްކަރީ 36،000 އިކުއިޕްމަންޓް ތަމްރީނުތަކުގައި ބޭނުން ކުރާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ރަޝިޔާގެ ތަމްރީނުތަކަށް 3،200 ސިފައިން ފޮނުވަން ބެއިޖިން އިން ނިންމާފައިވާ ކަމށެވެ. އަދި ތަމްރީނުތަކުގައި 900 ހަތިޔާރު ޔުނިޓް ބޭނުން ކުރާނެ ކަމަށް ނިއުސް އެޖެންސީން ބުނެފައިވެ އެވެ. މޮންގޯލިއާ އިން ބައިވެރިވާ ސިފައިންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ރަޝިޔާ އިން ބާއްވާ ތަމްރީނުތައް ކްރެމްލިންގެ އޮފިޝަލުން ސިފަކޮށްފައި ވަނީ ސެޕްޓެމްބަރު، 1981 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އިން ބޭއްވި ޒަޕަޑް-81 އާ އެއްފަދަ ތަމްރީނުތަކެއްގެ ގޮތުގަ އެވެ.

މެދުތެރޭ އަދި އިރުމަތީ ރަޝިޔާގައި ބާއްވާ ތަމްރީނުތަކަށް ދީފައިވާ ނަމަކީ ވޮސްޓޮކް-2018 އެވެ. މި ތަމްރީނުތައް ބާއްވަނީ ރަޝިޔާ އާއި ހުޅަނގާ ދެމެދު ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.