ޕޮއިންޓް ޖެހުމުގެ އޮޅުމަކުން ތިން ލައްކަ ޑޮލަރުގެ މުސާރައެއް ލިބިއްޖެ
ޕޮއިންޓް ޖެހުމުގެ އޮޅުމަކުން ތިން ލައްކަ ޑޮލަރުގެ މުސާރައެއް ލިބިއްޖެ

ސިޑްނީ (އޮގަސްޓް 28) - އޮސްޓްރޭލިއާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ މުސާރަ ދިނުމުގައި ޑެސިމަލް ޕޮއިންޓެއްގެ އޮޅުމަކުން އޭނާގެ އަސްލު މުސާރައިގެ 100 ގުނަ ބޮޑު މުސާރައެއް ލިބިއްޖެ އެވެ.

މަސައްކަތު މީހާ އަށް މުސާރައިގެ ގޮތުގައި ލިބެން ޖެހެނީ 4،921.76 އޮސްޓްރޭލިއާ ޑޮލަރެވެ. ނަމަވެސް ޑެސިމަލް ޕޮއިންޓް ނުޖެހުމުން އޭނާ އަށް ވަނީ 492،176 އޮސްޓްރޭލިއާ ޑޮލަރު (360،700 އެމެރިކާ ޑޮލަރު) މުސާރައިގެ ގޮތުގައި ލިބިފަ އެވެ.

އެކަމަކު އެ މިސްޓޭކް ވަނީ ނޮދަން ޓެރިޓަރީގެ އޮޑިޓަ-ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފަ އެވެ. ނޮދަން ޓެރިޓަރީގެ ދުރު ހިސާބެއްގައި އުޅޭ މަސައްކަތު މީހާ ފަހުން ވަނީ އިތުރަށް ލިބުނު ފައިސާ ހަވާލުކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް ފާހަގަކުރި ގޮތުގައި އިތުރަށް ދިން ފައިސާ ލިބުނީ ހަތަރު ހަފުތާ ފަހުންނެވެ.

އިތުރަށް ފައިސާ ދިނުމުގައި އޮޑިޓާ ޖެނެރަލް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ދެ ކަމަކީ ނުބައިކޮށް ޑޭޓާ އެންޓްރީ ކުރުމާއި ބޮޑު އަދަދެއް ޖެހުމުން ސިސްޓަމް އެލާޓް ފެއިލްވެފައިވުމެވެ.

ނޮދަން ޓެރަރިޓަރީން ވަނީ ޖުލައި 2017 އާއި ޖުލައި 2018 އާ ދެމެދު އިތުރު ފައިސާގެ 743 ޕޭމަންޓް ދީފަ އެވެ. މީގެ ތެރޭން މިދިޔަ ޖެނުއަރީ މަހާ ހަމައަށް 767،000 ޑޮލަރު ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.