ސެލްފީ މިހާރު ސްޓިކާއަކަށް ބަދަލުކޮށްލެވިދާނެ
ސެލްފީ މިހާރު ސްޓިކާއަކަށް ބަދަލުކޮށްލެވިދާނެ

ސްމާޓް ފޯނުގައި މިހާރު ހުރި ސްޓިކާތަކާއި އިމޮޖީތައް ބޭނުންކޮށްކޮށް ފޫހިވެފައިވާ ނަމަ މިއީ އެހެން ހައްލެކެވެ. އޭގެ ބަދަލުގައި މިހާރު ސެލްފީއެއް ސްޓިކާއަކަށް ބަދަލުކޮށް، އެކަކު އަނެކަކަށް ހިއްސާކޮށްލެވޭނެ އެވެ.

ގޫގުލް އިން ތައާރަފު ކުރި މި ހިދުމަތަށް ދީފައިވާ ނަމަކީ "މިނީ" އެވެ. އެންޑްރޮއިޑާއި އައިއޯސްގެ ޑިވައިސްތަކުގެ ޖީބޯޑް ކީބޯޑް އެޕް މެދުވެރިކޮށް ސެލްފީތައް ސްޓިކާއަކަށް ބަދަލުކޮށްލުމަކީ މިހާރު ވެސް އެއްވެސް ކަމެއް ނޫނެވެ.

އަނެއްކޮޅުން އެއަށް އިތުރު ބަދަލުތަކެއް ވެސް ގެނެވިދާނެ އެވެ. އެކަމަކު ސްޓިކާ އިންނާނީ މީހާގެ ހަމާއި އިސްތަށިގަނޑާއި ލޮލާއި ލޮލުގެ ކުލަ އާއި މޫނުގެ ބައްޓަން ފަދަ ފީޗާތަކުގެ އަސްލު އެއްކޮށް ނުގެއްލޭ ގޮތަށެވެ.

އެހެންވެ އިހުސާސްތައް އެހެން މީހަކަށް އަންގައިލަދޭން ނަގާފައިވާ ސެލްފީއެއް ސްޓިކާއަކަށް ބަދަލުކޮށްފައި ފޮނުވައިލުމަކީ މާ އެދެވޭ ގޮތަކަށް ވެސް ވެދާނެ އެވެ.

ގޫގުލް އިން ބުނި ގޮތުގައި "މިނީ" މެދުވެރިކޮށް 100 ވަރަކަށް ގޮތަކަށް "ބޯލްޑް" އަދި "ސްވީޓް" ސްޓިކާއަކަށް ސެލްފީ ބަދަލުކޮށްލެވޭނެ އެވެ.