29 އޯގަސްޓް 2018 - 07:05

އެންމެ ގިނަ ވީޑިއޯ އެއް ތާކުން ފެންނަނީ ޔޫޓިއުބުންނެވެ. މި މައިދާނަށް ވަދެ، މީގެ ތެރޭގައި ހޭދަކުރެވޭ ވަގުތު ނޭނގޭ ހިސާބަށް ވެސް ބައެއް މީހުން ތިބެނީ ދެވި ހިފައިފަ އެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޔޫޓިއުބްގެ އަހުލުވެރިންނަށް އާ ފީޗާއެއް މި ހަފުތާ އިން ފެށިގެން ތައާރަފު ކުރަން ވަނީ ނިންމައިފަ އެވެ.
މި ފީޗާގެ ސަބަބުން، ޔޫޓިއުބަށް ދެވޭ ވަގުތު އެނގޭނެ އެވެ. އެއީ މިއަދު ކަމަށް ވިޔަސް އަދި ފާއިތުވި ހަފުތާގައި ޔޫޓިއުބުން ވީޑިއޯތައް ބަލަން ހޭދަކުރި ވަގުތު ކަމަށް ވިިޔަސް އެކަން ޕްރޮފައިލުން އަންގައިދޭނެ އެވެ. މި ފީޗާ މި ހަފުތާގެ ތެރޭގައި ޔޫޓިއުބް އެކައުންޓްގެ މެނޫ އަށް ފާޅުވާނެ އެވެ.
އަލަށް ތައާރަފުކުރާ މި ފީޗާއަކީ ގޫގުލް އިން "ޓޫލްސް ޓް ޓޭކް ޗާޖް އޮފް ޔޯ ޑިޖިޓަލް ވެލްބީން" ޝިއާރުގެ ދަށުން ކުރާ ކަމެކެވެ. ބޭނުމަކީ ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް މީޑިއާގެ ތެރެއަށް ގެއްލި، ދުއްވައިލެވޭ ވަގުތު ލިމިޓްކޮށް ދިނުމަށް ބާރު އަަޅައި ދިނުމެވެ.