ރަޖީވް ކަންޑެލްވާލްގެ އަޑުން "ފީވާ"ގެ ލަވައެއް
ރަޖީވް ކަންޑެލްވާލްގެ އަޑުން "ފީވާ"ގެ ލަވައެއް

"ފީވާ"ގެ އަސަރުގަދަ ލަވައެއް ކަމަށްވާ "ތެރީ ޔާދް" ކިޔާފައި ވަނީ އެ ފިލްމުގެ ބަތަލު ރަޖީވް ކަންޑެލްވާލް އެވެ. ގޯހަރް ޚާނާއި ރަޖީވް ހަރަކާތްތެރިވާ މި ލަވައިގައި ރާޖީވްއާ އެކު ބައިވެރިވަނީ ރާހުލް ޖެއިން އެވެ. އަދި މި ލަވައިގެ މިއުޒިކާއި ލިރިކްސް ތައްޔާރުކޮށްދީފައި ވަނީ ވެސް ރާހޫލް ޖެއިން އެވެ.

"ފީވާ" އަކީ ސަސްޕެންސް ތުރިލާ އެކެވެ. ރާޖީވް ޖަވޭރީ ޑައިރެކްޓްކޮށް ރަވީ އަގަރްވަލް ޕްރޮޑީއުސްކޮށްފައިވާ މި ފިލްމު ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމު ނިމޭ މަންޒަރާ ހަމައަށް ދާއިރުވެސް ފިލްމުގައި ވާނުވާ ނޭނގި ބެލުންތެރިން ތިބޭނީ ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައި ކަމަށާއި ގިނަ ބަޔަކަށް މި ފިލްމު ވަރަށް ކަމުދާނެކަން ޔަގީންކަމަށް ރާޖީވް ބުނެފައިވެ އެވެ.

ގޯހަރް އާއި ރަޖީވްގެ އިތުރުން ގެމާ އެޓްކިންސަން، ކެޓެރީނާ މުރީނޯ އަދި އަންކިތާ މަކްވާނާ ވެސް ވަރަށް މުހިއްމު ބައިތަކެއް މި ފިލްމުގައި ކުޅެފައިވެ އެވެ.