ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް
ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް

ބެއިޖިން (ސެޕްޓެމްބަރު 3) - ވަރަށް އުއްމީދާ އެކު ފެށި ޗައިނާގެ "ބެލްޓް އެންޑް ރޯޑް" މަޝްރޫއުގެ ސަބަބުން ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކާ އެކު ކަންބޮޑުވުން ފާޅުކުރަމުންދާ އިރު އެ މަޝްރޫއަށް ކޮންމެވެސް ވަރެއްގެ ހުއްޓުންތަކެއް އަންނަން ފަށައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް
ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް

"ސިލްކް ރޯޑް" ގެ ނަމުން މަޝްހޫރުވެފައިވާ ޕްރޮޖެކްޓް ޗައިނާގެ ރައީސް ޝީ ޖިންޕިން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ 2013 ވަނަ އަހަރު ކަޒަކްސްތާނުގަ އެވެ. ގައުމުތަކުގައި ރޭލްވޭތަކާއި މަގުތަކާއި ބަނދަރު ފަދަ އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދޭނެ ކަމަށް ޝީ އިއުލާން ކުރެއްވި އެވެ.

ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް
ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް

އެ މަޝްރޫއު އިއުލާން ކުރެއްވިތާ ފަސް އަހަރު ފަހުން ވެސް ޝީ ގެންދަވަނީ ސިލްކް ރޯޑް ދިފާއު ކުރައްވަމުންނެވެ. މަޝްރޫއުގެ ފަސް އަހަރުގެ ކާމިޔާބީ ފާހަގަ ކުރަން ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ ހަފުތާގައި ޝީ ވިދާޅުވީ އެއީ "ހާމަކަން ބޮޑު ހުރިހާ ކަމެއް އެކުލެވޭ" މަޝްރޫއެއް ކަމަށެވެ. ޝީ ވިދާޅުވީ ބެލްޓް އެންޑް ރޯޑް މަޝރޫއުގެ ގއުމުތަކާ އެކު ޗައިނާގެ ވިޔަފާރި ފަސް ޓްރިލިއަން ޑޮލަރަށް އަރައިފި ކަމަށާއި ޑައިރެކްޓް އިންވެސްޓްމަންޓް 60 ބިލިއަން ޑޮލަރު ފަހަނަޅާއި ހިނގައޖެ ކަމަށެވެ. އެކަމަކު ސިލްކް ރޯޑުގެ ނަމުގައި ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓަމުންދާ ކަމަށް ބުނެ އެތައް ގައުމަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް
ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގައި ގައުމުތަކުން މަޑުޖެހުންތަކެއް

މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިދިޔަ މަހު ފަހުކޮޅު ބެއިޖިން އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާގެ އެހީގައި މެލޭޝިއާގައި ކުރިއަށް ގެންދާ 22 ބިލިއަން ޑޮލަރުގެ މަޝްރޫއު ކެންސަލް ކޮށްފަ އެވެ. ޕާކިސްތާނުގެ އާ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މަލްޓި-ބިލިއަން ޑޮލަރުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ލޯނުތައް ދެއްކުމުގެ ބިރު އޮތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕާކިސްތާން ސަރުކާރުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ އެހީގައި އެ ގައުމުގައި ބޮޑެތި މަޝްރޫއުތަކެއް ފެށި ނަމަވެސް ޗައިނާ އަށް ނުދަރާނެ ކަމަށެވެ.

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) އާ މެދު ބައެއް މީޑިއާތަކުން ވަނީ ސުވާލު އުފައްދާފައި. އެއީ ޕާކިސްތާނަށް ކުޅަދާނަ ނުވާވަރުގެ ދަރަންޏަކަށް ވާނެ ކަމަށް ވެސް ދަނީ ބުނަމުން. އެކަމަކު އެފަދަ މީޑިއާ ރިޕޯޓްތަކަކީ ވަކި ފަރާތަކަށް ޖެހިފައިވާ ރިޕޯޓްތަކެއް. އަދި އެއީ ސީޕީއީސީއާ ބެހޭ މައުލޫމާތު ނޭނގޭ މީހުން ދައްކާ ވާހަކަ،" ޕާކިސްތާން ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗައިނާގެ ދަރަނީގައި ލަންކާ މިހާރު ވަނީ ރަނގަޅަށް ޖެހިފަ އެވެ. ޗައިނާގެ އެހީގައި ލަންކާގެ ކުރީގެ ސަރުކާރުން ހެދި 1.5 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރުގެ ލޯނު ނުދެއްކުމުން އެ ބަނދަރު މިހާރު ވަނީ ޗައިނާ އަށް 99 އަހަރަށް ހަވާލުކޮށްފަ އެވެ.

އެމެރިކާގެ ތިންކް-ޓޭންކެއް ކަމަށްވާ ސެންޓަ ފޯ ގްލޯބަލް ޑިވެލޮޕްމަންޓުން ބުނީ ސިލްކް ރޯޑުގެ އެހީ ލިބުނު އަށް ގައުމެއްގެ ދަރަނި ދެއްކުމުގައި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އެ ގައުމުތަކަކީ ޕާކިސްތާން، ޖިބޫތީ، މޮންގޯލިއާ، ލާއޮސް، މޮންޓެނީގްރޯ، ތަޖިކިސްތާން އަދި ކިރްގިސްތާން ކަމަށް ވެސް ބުނެފައިވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމަނައިފައިވެ އެވެ.

ޗައިނާ-ލާއޮސް ރެލްވޭ ޕްރޮޖެކްޓުގެ އަގަކީ 6.7 ބިލިއަން ޑޮލަރެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ސްރީ ލަންކާ އާއި ޕާކިސްތާނުގެ ބޭރުގެ ދަރަނީގައި ޗައިނާގެ ލޯނުގެ ހިއްސާ އަކީ ކުޑަ މިންވަރެއް ކަމަށެވެ.

ޗައިނާ އިން ފަށާފައިވާ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" އަކީ ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖައްސަން ކުރާ ކަމެއް ނޫން ކަމަށް ޗައިނާ ސަރުކާރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް ރިފޯމް ކޮމިޝަން (އެންޑީއާރުސީ) ގެ ވައިސް ޗެއާމަން ނިންގް ޖިޒޭ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގެ ދަރަންޏަކީ އެ ގައުމުތަކުގައި މާކުރިންސުރެ ފަށައިގެން އޮތް އެއްޗެއް ކަމަށާއި އެކަމުގެ ޒިންމާ ސިލްކް ރޯޑް މަޝްރޫއުގައި ނޭޅުވޭނެ ކަމަށެވެ.