06 އޯގަސްޓް 2016 - 07:01

މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާނާއި ޑައިރެކްޓަރު-ކޯރިއޯގްރާފަރު ފަރަހަ ޚާން އަކީ ގާތް ދެ އެކުވެރިންނެވެ. އެ ދެ މީހުން "މައި ހޫން ނާ" އާއި "ހެޕީ ނިއު އިޔާ" ފަދަ ފިލްމުތައް ވެސް ވަނީ އުފައްދައިފަ އެވެ.
ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ފަރަހަ ހާމަކޮށްފައިވާ ގޮތުގައި ވަރަށް ގިނަ ހޮލީވުޑް ފިލްމުތައް ކުޅުމުގެ ފުރުސަތު ޝާހްރުކަށް ލިބުނެވެ. ނަމަވެސް ފަރަހަ ބުނި ގޮތުގައި އެ ރޯލުތަކާ ޝާހުރުކާ ނުގުޅޭ ކަމަށް ބުނެ އެ ރޯލުތައް ކުޅެދޭން އޭނާ އިންކާރު ކުރީ އެވެ.
ފަރަހަ ބުނީ ޝާހްރުކާ އެކަށީގެންވާ އެއްވެސް ރޯލެއް މިހާތަނަށް ހުށަހެޅިފައި ނެތް ކަމަށް ޝާހްރުކް ބުނެފައިވާ ކަމަށެވެ.
ފަރަހަ އާއި ޝާހްރުކް އެކުގައި އުފެއްދި "ހެޕީ ނިއު އިޔާ" 2014 ގައި ރިލީޒްވުމަށް ފަހު ފަރަހަ މިހާތަނަށް އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ.
ޝާހްރުކްގެ ޕްރޮފެޝަނަލް މަސައްކަތަށް ބަލާއިރު "ފޭން" މިއަހަރު ތެރޭ ވަނީ ރިލީޒްވެފަ އެވެ. ދެން އޮތީ "ޑިއާ ޒިންދަތީ" އާއި "ރައީސް" އެވެ.
"ޑިއާ ޒިންދަގީ"ގެ ބަތަލާއަކީ އާލިއާ ބަޓް އެވެ. "ރައީސް"ގެ ބަތަލާ އަކީ ޕާކިސްތާނު އެކްޓަރު މާހިރާ ޚާން އެވެ.