މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު
މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު

މާލޭގެ ބައެއް މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު
މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅައިގެން ހަދާ މަގުތަކުގެ މަސައްކަތް، ބްރިޖް ހުޅުވެން ވާއިރަށް ނިންމާނެ ކަމަށް ސަރުކާރުން ކުރިން ވެސް ބުނެފައި ވެ އެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން، އަންނަ ބުރާސްފަތި ދުވަހު ރޭ ބްރިޖް ރަސްމީކޮށް ހުޅުވާނެ އެވެ.

މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު
މާލޭގައި ތާރު އެޅުން ދެ ދުވަސް ތެރޭގައި ނިންމާނަން: މުއިއްޒު

ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ނިންމުމަށް ފަހު، ތާރު އެޅުމަށް ބޭނުން ކުރި މެޝިނަރީޒް އާއި ސާމާނު ދެން ގެންދާނީ ދުވާފަރަށް ކަމަށެވެ. އަދި ހަފުތާއެއްގެ ތެރޭގައި އެ ތަކެތި އެ ރަށަށް ގެންގޮސް، މަގުތައް ހެދުމުގެ މަޝްރޫއު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖާ ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އެގޮތުން، މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އަޅަމުން އަންނައިރު، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ވަނީ ފުޅާކޮށްފަ އެވެ.

އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.

އެ މަގުތަކުގައި ލައިޓު ހަރުކޮށް، ގަސް އިންދާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހުޅުލޭ ކޮޅުން، ބްރިޖާ ގުޅޭ މަގުތައް ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.