އައިއެސް ދަނީ ބަލިކަށިވަމުން، އެކަމަކު އެއީ އަދިވެސް ބިރެއް: އޮބާމާ
އައިއެސް ދަނީ ބަލިކަށިވަމުން، އެކަމަކު އެއީ އަދިވެސް ބިރެއް: އޮބާމާ

ވޮޝިންޓަން (އޮގަސްޓް 5) - ސީރިއާ އާއި އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ދަނީ ވަރަށް ބޮޑަށް ބަލިކަށިވަމުން ކަމަށާއި އެކަމަކު އަދިވެސް އެއީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބިރެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އައިއެސް ދަނީ ބަލިކަށިވަމުން، އެކަމަކު އެއީ އަދިވެސް ބިރެއް: އޮބާމާ
އައިއެސް ދަނީ ބަލިކަށިވަމުން، އެކަމަކު އެއީ އަދިވެސް ބިރެއް: އޮބާމާ

ސީރިއާ އާއި އިރާގުން އައިއެސް އިން ހިފައިފައިވާ ބިންތައް އެ މީހުންގެ އަތުން ގެއްލެމުންދާތީ، އެ މީހުންގެ ހަމަލާތައް ދުނިޔޭގެ އެކި ގައުމުތަކަށް އަމާޒު ކުރަމުންދާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އެމެރިކާ ސިފައިންގެ އިސް ޖެނެރަލުންނާއި ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުންނާ ޕެންޓަގަންގައި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އައިއެސް އަކީ ބަލި ކުރެވޭނެ ބައެއް ކަމަށެވެ. އަދި ސީރިއާގައި އެ މީހުންގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އާއި އިރާގުގެ މޮސޫލް ވެސް އައިއެސްގެ އަތުން ވަރަށް އަވަހަށް ގެއްލޭނެ ކަަމަށް އޮބާމާ ވިދާޅުވި އެވެ.

އައިއެސް އަށް އިރާގާއި ސީރިއާގައި ކާމިޔާބު ނުލިބޭތީ ފްރާންސާއި، ޖަރުމަން އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އައިއެސް އިން ހަމަލާތައް ދޭން ފަށާފައިވާކަން އޮބާމާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އައިއެސްގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެމެރިކާ އާއި ނޭޓޯގެ ގައުމުތައް އައިއެސް އަށް ބަލިނުކުރެވޭނެ ކަމުގެ އިންޒާރު އޮބާމާ ވަނީ ދެއްވައިފަ އެވެ.