ވިންޑޯޒް 95: އޮޕަރޭޓިން ސިސްޓަމެއް ނޫން، އެޕްލިކޭޝަނެއް
ވިންޑޯޒް 95: އޮޕަރޭޓިން ސިސްޓަމެއް ނޫން، އެޕްލިކޭޝަނެއް

ވިންޑޯޒް 95 އަކީ މައިކްރޮސޮފްޓް ވިންޑޯޒް އާއިލާ ތަރައްގީއަށް ކުރި މަސައްކަތްތަކުގައި ބާރުގަދަ ހިއްސާދާރެކެވެ. ވިންޑޯޒް 98، ވިންޑޯޒް 2000، ވިންޑޯޒް މީ، ވިންޑޯޒް އެކްސްޕީ އަދި ވިންޑޯޒް ވިސްޓާ އަކީ ވެސް ގާތްތިމާގެ މެންބަރުންނެވެ. މިއީ ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ހިންގަން މައިކްރޮސޮފްޓުން އުފެއްދި އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒްގެ ބާބުތަކެކެވެ.

މައިކްރޮސޮފްޓް ވިންޑޯޒް 95 އަދި ވިންޑޯޒް 98 ތައާރުފުކޮށް ބޭނުންކުރަން ފެށިއިރު ސިފަވާން ހުރި ގޮތް ނަކަލުކޮށް މިހާރު ވަނީ އެޕްލިކޭޝަނަކަށް ހަދާފަ އެވެ. އެއިރު ވިންޑޯޒް ބޭނުންކުރި މީހުން ކުރި އިހުސާސް މި ޒަމާނަށް ނަގުލުކޮށް ވާރުތަވެރިންނަށް ދައްކާލުމަށް މިއީ ފުރިހަމަ ގޮތެއް ކަމަށް ބެލެވެ އެވެ. ވިންޑޯޒް 10 ބޭނުންކުރާ ނަމަ، މި އެޕްލިކޭޝަން ތަޖުރިބާކޮށްލުން މަޖާކަމަކަށް ވާނެ އެވެ.

ވިންޑޯޒް 95 އެޕްލިކޭޝަނެއް ގޮތުގައި ވިންޑޯޒް 10، އެޕަލް މެކް، ލިނަކްސް، އެޕަލް ވޮޗް، އެކްސްބޮކްސް އަދި އެންޑްރޮއިޑް ވެއާ ސްމާޓްގަޑިތަކުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކޮށް އެޕްލިކޭޝަނެއް އުފައްދައި ވަނީ އާންމު ޑައުންލޯޑަށް ދޫކޮށްލާފަ އެވެ. މިއީ ހަގީގަތުގައި މާ ބޮޑު ބޭނުމެއް ހިފޭ އެޕްލިކޭޝަނެއް ނޫން ނަމަވެސް، މި ހިސާބަށް އައުމަށް ބަޔަކު ކުރި މަސައްކަތް ބަލައިލުން އުފަލަކަށް ވެސް ވެދާނެ އެވެ.

ވިންޑޯޒް 95 ބާރުގަދަ ދުވަސްވަރު، އެންމެ ގަދަ އަށް ހިނގި ގޭމްތައް ވެސް ހަމަ ރަނގަޅަށް ކުޅެލެވެ އެވެ. އެއިރު މަޝްހޫރުވި ގޭމްތަކުގެ ތެރޭގައި ސޮލިޓަޔާ އަދި މައިންސްވީޕާ ވެސް ރަނގަޅަށް ކުޅެވެ އެވެ. ވޯޑްޕެޑް އެމްއެސް ޕެއިންޓް ވެސް އިހުސާސްގައި ތަފާތެއް ނެތި ބޭނުންކުރެވެ އެވެ.