05 އޯގަސްޓް 2016 - 12:12

އަވަށްޓެރި ސްރީ ލަންކާ އިން ފުރައިގެން މާލެ އަށް މިއަދު ހެނދުނު ދަތުރުކުރި ސްރީ ލަންކަން އެއާވޭސްގެ ފްލައިޓަލަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެނބުރި ކޮލަމްބޯ އަށް ދިއުމަށް ފަހު އަލުން ރާއްޖެ އަތުވެއްޖެ އެވެ.
ޔޫއެލް 101 ފްލައިޓަށް ދިމާވީ ޓެކްނިކަލް ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. އެ ފްލައިޓް އެނބުރި ލަންކާ އަށް ދާން އަނބުރާލީ، ގާތްގަނޑަކަށް އެއް ގަޑިއިރާއި 25 މިނިޓްގެ ދަތުރުގެ ކުރީކޮޅުގައި ކަމަށް އެނގިފައިވެ އެވެ.
ލަންކާގައި މަޑުކުރުމަށް ފަހު އަލުން ބޯޓު އައިސް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ހެނދުނު 11:40 ހާއިރު އެވެ.
މި ފްލައިޓްގައި ތިބީ ކިތައް ދަތުރުވެރިންކަމެއް ނޭނގެ އެވެ.