28 އޯގަސްޓް 2018 - 07:33

ދަތުރުމަތީ އުޅޭއިރު ދާ އެއްޗެތި ދޮވުމަކީ ފަސޭހަކަމެއް ނޫނެވެ. އަންނައުނު ދޮވެދޭ ޚިދުމަތް ހޯދުމަކީ ބައެއް ފަހަރަށް ކުރަންޖެހޭ އިތުރު ޚަރަދެކެވެ. ބޭސް ދަތުރާއި ވިޔަފާރި ދަތުރުތަކުގައި އަންނައުނު ދޮންނަން އުޅޭނެ އަވައްޖެއްވެސް ނުވާނެއެވެ. އެކަމަކު ދަބަހަށް ލުއިކުރަން މަދު އަންނައުނުކޮޅެއް ގެންދިޔަޔަސް ނުދޮވެ ފަރުޖެއްސޭކަށް ވެސް ނޯވެއެވެ.

މި ބުރައަށް ލުޔެއް ދޭނެ އެކުވެރިޔަކީ "ސޯކްލީން" އެވެ. އެކަމަކު މިއީ އަހަރެމެންނަށް ދަސްވެފައިވާ "ސޯކްލީން" ދޮންނަ ކުނޑިއެއް ނޫނެވެ.
ފެން އެއްޗަކަށް ވައްޓާލުމަށްފަހު ކަރަންޓު ޖައްސާލުމުން އެނބުރިގަންނަ ގޮތަށް ފަރުމާކޮށްފައިވާ "ސޯކްލީން" އަކީ ދަތުރު ފޮއްޓަށް މުހިއްމު އާލާތެކެވެ. އަތަށް ލެވޭހާ ކުޑަކޮށް، ވަށްކޮށް އުފައްދާފައިވާ މި އާލާތުން އަދާކުރާ ދައުރަކީ ދޮންނަ މެޝިނުގެ ފުލުގައި އޮންނަ މޯޓަރުގެ ދައުރެވެ. ޔޫއެސްބީ ޕޯޓުން ކަރަންޓު ހޯދައިގެން މި މޯޓަރުގެ އެހީގައި އަންނައުނު ސާފުކޮށް ދޮވެވޭނެއެވެ. މި ބޭނުންކޮށްގެން 30 މިނިޓުން ފުރިހަމަ ދޮވުމަކުން ހެދުންތައް ދޮވެލާނެއެވެ. މަޑު އުއި ފޭރާމުން ފެށިގެން ކުދި ބާލިދީ އާއި މޫނު ދޮންނަ ތައްޓަށް ލެވޭ ވަރުގެ ހުރިހާ ހެދުމެއް ދޮވެވޭނެއެވެ.
ސޯކްލީން މޯޓަރުން އަންނައުނުގެ އިތުރުން ތަރުކާރީ އާއި މޭވާ އާއި ތަށި ސަމުސާ ވެސް ސާފުކޮށް ދޮވެލަންވީއެވެ. އަންނައުނު ދޮންނަން ބައިގަޑިއިރު ހޭދަވިޔަސް ، ތަރުކާރީކޮޅެއް ދޮވެލަން ހޭދަވާނީ ފަސް މިނިޓެވެ. ސޯކްލީން މޯޓަރު ދެ ފަހަރު ދެއަތަށް އެނބުރޭތީ ޖަރާސީމުތަކުން ތަރުކާރީ އާއި މޭވާ ސާފުކޮށްލަން ވަރަށް ފަސޭހައެވެ.
ސޯކްލީންގެ ބަރުދަނުގައި ހުންނަނީ އެންމެ 250 ގްރާމެވެ. އަތްދަބަހާއި ފޮއްޓާއި ބުރަކަށީގައި އަޅުވާ ދަބަހަށް ވެސް ފަސޭހައިން ލެވޭނެއެވެ. ވިޔަފަރިވެރިންނާއި ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށާއި ބޭސްފަރުވާއަށް ގޮސް ކުރު މުއްދަތެއްގައި ގައުމުން ބޭރުގައި އުޅޭ މީހުންނަށް މިއީ ވަރަށް ބޭނުންތެރި އާލާތަކަށްވާނެއެވެ.