ރާޖަޕަކްސާގެ ކޮއްކޮ ޚާއްސަ ކޯޓަށް ހާޒިރުވާން އަންގައިފި
ރާޖަޕަކްސާގެ ކޮއްކޮ ޚާއްސަ ކޯޓަށް ހާޒިރުވާން އަންގައިފި

ކޮލަމްބޯ (އޮގަސްޓް 27) - ކުރީގެ ސަރުކާރުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ތިން ފަނޑިޔާރުން ހިމެނޭ ޚާއްސަ ކޯޓަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ހާޒިރުވާން އަމުރު ނެރެފި އެވެ.

އެޓާނީ ޖެނެރަލް ނެރެފައިވާ އަމުރުގައިވާ ގޮތުން ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ކޯޓަށް ހާޒިރުވާން ޖެހޭނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ. އޭނާ ކޯޓަށް ހާޒިރު ކުރަނީ ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ.

މިއީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އަވަސް ކުރަން އުފެއްދި ޚާއްސަ ކޯޓުން ބަލާ ދެ ވަނަ މައްސަލަ އެވެ.

ގޮތަބަޔާގެ އިތުރުން ލޭންޑް ރިކްލަމޭޝަން އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެލްއާރްޑީސީ) ގެ ޗެއާމަނާއި ބޯޑު މެންބަރުން ވެސް ކޯޓަށް ހާޒުވާން ވަނީ އަންގައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި މެދަމުލާނާ ޑީއޭ ރާޖަޕަކްސާ މެމޯރިއަލް މިއުޒިއަމް ހެދުމަށް ދައުލަތުގެ 81.3 މިލިއަން ރުޕީސް ނަހަމަ ގޮތުގައި އެލްއާރްޑީސީ އިން ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.