ގްލޯ ޑްރީމިން؛ ކުދިން ނިންދަވައިދޭ ބޮތްކެއް
ގްލޯ ޑްރީމިން؛ ކުދިން ނިންދަވައިދޭ ބޮތްކެއް

ތުއްތު ކުދިން ނިންދެވުމަކީ މައިންނަށް ބައެއް ފަހަރު ބޮޑު ވޭނެކެވެ. ވަކިން ހާއްސަކޮށް ރޭގަނޑު ދަރިން ނިންދަވަން އުނދަގޫވެ، އަމިއްލަ ނިދި ވެސް ގުރުބާން ކުރަން ޖެހޭ ފަހަރު މަދެއް ނޫނެވެ.

އެހެންވެ މިއޮތީ އެހީއެކެވެ؛ މިއީ ގްލޯ ޑްރީމިން އެވެ. މޭޒު މަތީގައި ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ މި ބޮކި، ދަރިފުޅު ނިންދަވާ އިރު، ބޭނުން ކުރުމުން، ނިދި އައުން އަވަސްވެ، ފަސޭހަވެ، އަރާމު ނިންޖެއްގެ ތެރެއަށް ދަރިފުޅު ފޮނުވައިލާނެ އެވެ.

މި ބޮކިން ތިން ކަމެއްކޮށް ދޭނެ އެވެ. އެއީ ނިދަން ފަސޭހަކޮށް ދިނުމަށް ލައިޓްތެރަފީ އާއި ސައުންޑްތެރަޕީ އާއި އެރޯމާތެރަޕީ ލިއްބައި ދިނުމެވެ.

"ގްލޯ ޑްރީމިން" ގެ މަޑު އައްޔާއި އިއްވައިލަދޭ މަޑުމަޑު ނާނާއާ އެކު، ސިކުނޑި އަށް އަރާމާއި ލޮޑުކަން ގެނުވައިދޭ ހިތްގައިމު ވަހެއް ބޮކިން ފަތުރައިލަ ދޭނެ އެވެ. މީގެ ވާހަކަ ދެކެވެން ފެށުމާ އެކު، އެތައް ބަޔަކު މިހާރު ވަނީ އޮންލައިންކޮށް ވެސް ބޮކި ހޯދުމަށް އޯޑަރުކޮށްފަ އެވެ.

އޮސްޓްރޭލިއާގައި އުފައްދާފައިވާ "ގްލޯ ޑްރީމިން" ޕެކްގެ އަގަކީ 170 ޑޮލަރެވެ. މީގެ ދެ ކުލައެއްގެ ބޮކި ލިބޭނެ އެވެ. އެއީ ރަތާއި ފެއްސެވެ.

މި ބޮކި ބޭނުންކުރާ ބައެއް މައިން ވަނީ އެ މީހުންގެ ތަޖުރިބާތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައި ވަނީ ދަރިން ނިންދަވަން މިއީ ހަމަ ޖާދޫއެއް ކަހަލަ އުފެއްދުމެއް ކަމަށެވެ.

"މި ބޮކީގެ އެހީގައި ދަރިފުޅު ނިންދައިލެވޭނެ ގިނަވެގެން ދިހަ މިނިޓްގެ ތެރޭގައި،" އެލީ ރޮބަޓްސް ކިޔާ މީހަކު ބުންޏެވެ.